މަސައްކަތް
ނަންބަރު: (IUL)FV-FP/1/2019/2
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:59
ސުންގަޑި: 23 ޑިސެންބަރު 2019 13:00
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޓްރާންސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

2020 ވަނަ އަހަރު ފިޔަވަތިން ސްކޫލަށްދާ ކުދިންގެ ޓްރާންސްޕޯޓް ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

         

            މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސްގެ ދަށުން ހިންގާ ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންގެ ތެރެއިން 2020 ވަނަ އަހަރު ޣާޒީ ސްކޫލަށްދާ  32 ކުދިން ފިޔަވަތިންދޭ ތާވަލާއި އެއްގޮތަށް ސްކޫލަށް ގެންގޮސް ގެނައުމަށްޓަކައި، ޓްރާންސްޕޯޓްގެ ޚިދުމަށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި، ހުޅުމާލެ، ފިޔަވަތި އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހުޅުމާލެ، ފިޔަވަތި އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.

            އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

            މަސައްކަތް ޙަވާލުކުރެވޭނީ، ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3027562  ގުޅުއްވުން އެދެމެވެ.   

 

                                21 ރަބީޢުލްއާޚިރް 1441

18 ޑިސެންބަރު 2019