ދިވެހިރާއްޖެ
ކުއްޔަށް ދޫކުރުން
ހ. ޓޫސްޓަރގައި ހުރި މި ކުންފުނީގެ މައި ޢިމާރާތުގެ (ޕޯސްޓް ބިލްޑިންގ) 6 ވަނަ ފަންގިފިލާ ބީލަމުގެ އުސޫލުން ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 25 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މައި ޢިމާރާތުގެ 06ވަނަ ފަންގިފިލާ ކުއްޔަށް ދިނުމާއި ބެހޭ މަޢުލޫމާތު
1- 4 ވަނަ ފަންގިފިލާގެ ފްލޯރ އޭރިޔާ - 3207.60 އަކަ ފޫޓް
2- އަގު ހުށަހަޅުއްވާއިރު ހުށަހަޅުއްވަންވާނީ އަކަ ފޫޓަކަށް 35 ރުފިޔާ އާއި 45 ރުފިޔާއާ ދެމެދުގެ އަދަދަކަށް ވާން ވާނެއެވެ.
3- މިފަންގިފިލާ ބޭނުން ކުރެވޭނީ ހަމައެކަނި އޮފީސް ހިންގުމަށް
4- ކުއްޔަށް ދެވޭ މުއްދަތު 3 އަހަރު
5- ބިޑް ކާމިޔާބު ކުރާ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 3 މަހުގެ ކުއްޔަށްވާ ފައިސާ ދައްކަންވާނެއެވެ.
6- ބިޑު ހުށަހަޅާއިރު، ބިޑު ހުށަހަޅާ ފަރާތުގެ ކްރެޑިބިލިޓީއާއި ފައިނޭންޝިއަލް ސްޓެބިލިޓީ އެގޭ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތެއްނަމަ 6 މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ.
7- ފްލޯރގެ އިންޓީރިއާރ ހަދާނީ ކުއްޔަށް ހިފާ ފަރާތުން އެފަރާތުގެ އަމިއްލަ ޚަރަދުގައެވެ. އަދި މިފަދަ ކަންކަމަށް ކުރެވޭ ޚަރަދު ކުއްޔަކުން ނުކެނޑޭނެއެވެ.
އިޢުލާނާ ގުޅިގެން ހުށަހަޅާ ޕްރޮޕޯސަލްތަކަށް މާރކްސް ދެވޭނެގޮތް.
ކުއްޔަށް ހިފާ އަގު: 60%
ޕްރޮފައިލް އަދި މާލީ ޤާބިލްކަމަށް : %30
ކުއްޔަށް ހިފާ މުއްދަތަށް: 10%
އިތުރު ކަންތައްތައް
ނޯޓް: ބިޑް ޑޮކިއުމަންޓްގެ ގޮތުގައި ހުށަހަޅަންޖެހޭ ލިޔުންތައް:
- ކުންފުނީގެ ޕްރޮފައިލް
- ކުންފުނީގެ ރެޖިސްޓްރޭޝަން
- ޖީ.އެސް.ޓީ ސެޓްފިކެޓް
- ބިޑް ހުށަހަޅުއްވާނީ 25 ޑިސެމްބަރ 2019 ވާ ބުދަ ދުވަހު 14:00 އަށް ޕޯސްޓް ބިލްޑިންގގެ 7 ވަނަ ފަންގިލާއަށް ވަޑައިގެން
- މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. އަދި މިނޫންވެސް ސަބަބެއް ދިމާވެގެން ބިޑް ބާޠިލް ކުރަން ޖެހިއްޖެ ހިދެއްގައި ބިޑް ބާޠިލް ކުރުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ސަރުކާރުގެ އިދާރާތަކަށް އިސްކަން ދެވޭނެއެވެ.
21 ރަބީޢުލްއާޚިރާ 1441
18 ޑިސެމްބަރ 2019