ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-CE/141/2019/586
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:40
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް އުވާލުމާއި ގުޅޭ
ނޫސްބަޔާން
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް އުވާލުމާއި ގުޅޭ
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް (އެމް.ޑީ.އެން) އުވާލުމަށް ރެޖިސްޓްރަރ އޮފް އެންޖީއޯސް ނިންމެވުމާއި ގުޅިގެން، ޖަމްޢިއްޔާތަކާއިބެހޭ ޤަވާޢިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖަމްޢިއްޔާގެ މުދަލާއި،ދަރަންޏާއި އަދި ޖަމްޢިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށްޓަކައި 5 ނޮވެމްބަރ 2019 އިން ފެށިގެން 19 ޑިސެމްބަރ 2019 އާ ހަމަޔަށް ދީފައިވާ 45 ދުވަހުގެ މުއްދަތު ހަމަވި އިރުވެސް އެ ޖަމްޢިއްޔާއިން އެއްވެސް އެއްޗެއް މިހާތަނަށް އަންގާފައި ނުވާތީ މިއަދުން ފެށިގެން އެ ޖަމްޢިއްޔާ ރަސްމީކޮށް އުވާލާފައިވާ ވާހަކަ ދެންނެވީމެވެ.
19 ޑިސެންބަރު 2019