ދިވެހިރާއްޖެ
ގައުމު: ނޭޕާލް |
1 އެމްޑީ ރޭޑިއޯޑައިގްނޯސިސް 1 އެމްޑީ އެނެސްތެސިއޮލޮޖީ 1 އެމްޑީ ޑާރމަޓޮލޮޖީ 1 އެމްޑީ އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ 1 އެމްޑީ ޕީޑިއެޓްރިކްސް 1 އެމްޑީ އިންޓަރނަލް މެޑިސިން 1 އެމްޑީ އިން ސައިކިއެޓްރީ 1 އެމްޑީ އިން އޮފްތަލްމޮލޮޖީ 1 އެމްއެސް އޯރތޮޕައެޑިކްސް އެންޑް ޓްރައުމާ ސަރޖަރީ |
ކޯހުގެ ލެވެލް އަދި ޢަދަދު: |
އެމްޑީ/އެމްއެސްގެ ޝަރުތު
އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން. ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު 2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިމިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން. 3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ކެންޑިޑޭޓެއް ކަމުގައިވެސް ނުވުން. |
ކޯހުގެ ޝަރުތު: |
|
ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި. - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ. - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ޕާސްޕޯޓް ޑޭޓާ ޕޭޖް ކޮޕީ - އެމް.ބީ.ބީ.އެސް ފުރިހަމަކުރެއްވުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީވެލައްވާފައިވާކަން އަންގައިދޭ ލިޔުން. - އެމް.ބީ.ބީ.އެސް އަދި އިންޓަރންޝިޕް ފުރިހަމަކުރެއްވުމަށްފަހު ޚިދުމަތްކުރައްވާފައިވާ ތަންތަނާއި މުއްދަތު އަންގައިދޭ ރަސްލީ ލިޔުން. - ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި: |
|
|
އިތުރު މަޢުލޫމާތު |
|
އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 25 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން |
||
އެޕްލިކޭޝަން ހުށަހަޅުއްވާނީ: https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން http://www.mohe.gov.mvއަދި 3026955 / 3026950 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. |