ދިވެހިރާއްޖެ
އިޢުލާން
ރާއްޖޭގައި މަރުވާ މީހުންގެ %84 އަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ. އާބާދީގެ 49 އިންސައްތަ އަންހެނުން އަދި 35 އިންސައްތަ ފިރިހެނުންނަކީ އޯވަރވެއިޓް ނުވަތަ އޮބީސް ކަމަށް ޑަބްލިއު،އެޗް،އޯ ގެ ތަފާސް ހިސާބުން ދައްކައެވެ.
ފިޓްނަސް ސެންޓަރތަކާއި މިދާއިރާގެ މަސައްކަތް ކުރައްވާ އިންސްޓްރަކުޓަރުންނަކީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރާފަރާތްތަކެކެވެ. މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މިމިނިސްޓްރީ އާއި ގުޅިގެން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ބޭނުންންވެއެވެ
ވީމާ،ފިޓްނަސް ސެންޓަރ ތަކާއި އަދި އިންސްޓްރަކްޓަރުން 16 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ކުރިން މި މިނިސްޓްރީގައި ރަޖިސްޓްރީ ކުރެއްވުމަށް ހުޅުވާލަމެވެ
ފިޓްނަސް ކްލަބް ؛( https://forms.gle/DbyLcC2Z6aN8xjwUA)
ފިޓްނަސް އިންސްޓްރަކްޓަރުން ؛( https://forms.gle/DhXLFx8iagfMRnPm7)
މިހެންވެ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.