ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2017/80)
އިޢުލާން
ވަޒީފާގެ ފުރުސަތު
މަޤާމް: ޑްރައިވަރ
މަޤާމުގެ އަދަދު: 1
މަސައްކަތް ކުރާތަން: އުނގޫފާރު ކުނިކޮށި / އުނގޫފާރު ކައުންސިލް އިދާރާ
މުސާރަ: 3565.00 ( ތިންހާސް ފަސްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ )
ސާރވިސް އެލަވަންސް: މުސާރައިގެ %30
ހާޒިރީ އެލަވަންސް: މުސާރައިގެ %20
މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
1- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
2- ހަތަރު ފޮރޮޅުލީ އުޅަނދު ފަހަރު ( ކާރު/ޕިކަޕް/ލޮރީ )ދުއްވުމުގެ އެއްގަމު ލައިސެންސް އޮތް ފަރާތެއް ކަމުގައިވުން.
3- ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން
4- ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން
މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި: 1- ވަޒީފާއަށް އެދި ހުށަހަޅާ ފުރިހަމަކޮށްފައިވާ ފޯމް (ފޯމް އުނގޫފާރު ކައުންސިލް އިދާރާ ކައުންޓަރުން ލިބެންހުންނާނެއެވެ.)
2- އައިޑީ ކާޑް ( ކިޔަން އެގޭ ސާފް ) ކޮޕީ
3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގް ސެޓްޕިކެޓްގެ ކޮޕީ
4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނުގެ ތައްގަޑުޖެހި ލިޔުން.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 9 ޖެނުއަރީ 2020، ބުރާސްފަތި ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.
މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 9 ޖެނުއަރީ 2020 އާއި 14 ޖެނުއަރީ 2020 އާއި ދެމެދު ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.
03 ރަބީއުލްއޫލާ 1441
29 ޑިސެމްބަރ 2019