ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2020/1
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 15 ޖަނަވަރީ 2020 13:30
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ތަންފީޒުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކޮންސަލްޓެންސީގެ ޓަރމްސް އޮފް ރިފަރެންސް

މި އިޢުލާންވަނީ 06 ޖަނަވަރީ 2020 11:16 ގައި ބާތިލް ކުރެވިފައެވެ.


ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ތަންފީޒުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކޮންސަލްޓެންސީގެ ޓަރމްސް އޮފް ރިފަރެންސް

 

ތަޢާރުފާއި މަޤްޞަދު:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކުގެ ތެރެއިން އަންހެނުންނާއި، ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުގެ ދާއިރާއިން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، މި ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޤާއިމުކުރެވިފައިވާ ޤާނޫނުތައް ތަންފީޒުކުރުމަކީ މި މިނިސްޓްރީގެ ޒިންމާއަކަށް ވީ ހިނދު، 20 ނޮވެންބަރު 2019 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ފަންނީ ލަފައާއި އެހީތެރިކަން ހޯދުން.

 

މައިގަނޑު ގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް:

 

މަސައްކަތް

ނެރެން ބޭނުންވާ ނަތީޖާ

މުއްދަތު

  1. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ތަންފީޒުކުރާނެ ގޮތުގެ "އިންސެޕްޝަން ޕްލޭން"އެއް ތައްޔާރުކޮށްދިނުން.

 

ގާނޫނޫ ނަންބަރު 2019/19 ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ތާވަލެއް އެކުލަވާލުން

5       ދުވަސް

  1. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ ދަށުން ޤާއިމުކުރަންޖެހޭ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް ގެ ސްޓްރަކްޗަރ އެކުލަވާލުން.

 

އޮނިގަނޑުގެ ފުރަތަމަ ޑްރާފްޓް

15 ދުވަސް

-          އެކުލަވާލެވޭ އޮނިގަނޑަށް ޚިޔާލާއި ކޮމެންޓް ހޯދުން

އޮނިގަނުގެ ދެވަނަ ޑްރާފްޓް (ލިބޭ ޚިޔާލުތަކާއި ކޮމެންޓްތައް ލައިގެން)

5     ދުވަސް

  1. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުން.

ގާނޫނު ނަންބަރ 2019/19 ތަންފީޒުކުރުމަށް އެކުލަވާލަންޖެހޭ ގަވާއިދުތައް ހެދުމަށްފަހު ޕަބްލިޝް ކުރަން ފޮނުވުން

06    މަސް

  1. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ތަންފީޒުކުރާނެ ގޮތުގެ "އިމްޕްލިމެންޓޭޝަން ޕްލޭން"އެއް ތައްޔާރުކޮށްދިނުން.

ޤާނޫނު ނަންބަރު 2019/19 އިމްޕްލިމެންޓް ކުރުމަށް "އިމްޕްލިމެންޓޭޝަން ޕްލޭން" ހެދުން

07 ދުވަސް

  1. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ ދަށުން އެކުލަވާލެވޭ ގަވާއިދުތަކާއި އުސޫލުތައް ކަމާބެހޭ އެންމެހާ ދާއިރާތަކުގެ ލަފާ ހޯދުމަށް ވެލިޑޭޝަން ވޯކްޝޮޕް ބޭއްވުން.

މި މަސައްކަތުގެ ހޯދުންތަކާއި ހުށައަޅާ ޚިޔާލުތަކަށް ތަފާތު ދާއިރާތައް ހމަނައިގެން ވޯކްޝޮޕެއް ބޭއްވުން

03    ދުވަސް

04    ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ތަންފީޒުކުރާނެ ސްޓްރަކްޗަރއާއި އެކު މުވައްފަޒުންނަށް ބޭނުންވާނޭ ތަމްރީނުތައް ފާހަގަކޮށް ތާވަލްއެއް އެކުލަވާލުން

ޓްރއިނިންގތައް ފާހަގަކޮށް ތާވަލު އެކުލަވާލުން

02    ދުވަސް

05    ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އަށް އަހުލުވެރިކުރުވުމުގެ ގޮތުން މި މިނިސްޓްރީގެ ކަމާއި ބެހޭ އެންމެހާ މުވައްޒަފުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ހިންގުން

 

ގާނޫނު ނަންބަރ 2019/19 އަށް މުވައްޒަފުން އަހުލުވެރިކުރުވުން

07 ދުވަސް

06    ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަމުގައި އެހީތެރިވެދިނުން. 

 

ޤާނޫނަށް ޢަމަލުކުރަން ފެށުމުގައާއި ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުން

 

 

 

ފެންވަރު ނުވަތަ ޝަރުތުތައް:

- ޝަރީޢާ އެންޑް ލޯ، އިންޓަރނޭޝަނަލް ލޯ، ކްރިމިނޮލޮޖީ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

- މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 5 އަހަރުގެ ތަޖްރިބާހުރުން

- ދިރާސާ ކުރުމާއި، ޑޭޓާ ރިވިއުކުރުމާއި ރިޕޯރޓް ލިޔުމުގެ ތަޖްރިބާހުރުން

- ކޮންސަލްޓަންސީ މަސައްކަތުގެ ތަޖްރިބާހުރުން

- ކުޑަކުދިންނާއި ޢާއިލީ މައްސަލަތަކާ ގުޅުންހުރި މަޢުލޫމާތު ރަނގަޅަށް އެނގި ދަސްވެފައިހުރުން

- އިނގިރޭސިން ވާހަކަ ދެއްކުމާއި ލިޔުމުގެ ފެންވަރުހުރުން

- ވާހަކަ ދެއްކުމުގެ ހުނަރު

އިތުރު ޝަރުތު:

މިނިސްޓްރީން ބަލަމުންދާ އެއްވެސް މައްސަލައެއްގައި ސީދާގޮތުން އަދި ނުސީދާގޮތުންވެސް ގުޅުމެއްނެތް ފަރާތަކަށް ވުން.

މުއްދަތު:

- ޖަނަވަރީ 2020 އިން ސެޕްޓެންބަރު 2020 ގެ ނިޔަލަށް (9 މަސްދުވަސް)

އުޖޫރަ (މަހަކަށް):

20,000/- ރ (ވިހިހާސް ރުރިޔާ)

މަސައްކަތުގެ ގަޑީ:

- ދެ ފަރާތުން މަޝްވަރާކޮށް އެއްބަސްވާގޮތެއްގެ މަތިން މަސައްކަތްކުރުމުގެ ގަޑިތައް ކަނޑައެޅޭނެއެވެ.

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު:

- މި މަސައްކަތަށް އެންމެ އެކަށީގެންވާ ފަރާތެއް ކަނޑައަޅާނީ ތަޢުލީމީ ފެންވަރު، މަސައްކަތުގެ ޤާބިލުކަން އަދި މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.

ތަޢުލީމީ ފެންވަރަށް 40 (ސާޅީސް) ޕޮއިންޓް:

ތަޢުލީމީ ފެންވަރަށް މަރކްސް ދިނުމުގައި ބަލާނީ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ލިބިފައިވާ ސެޓްފިކެޓްތަކަށެވެ.

- ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 09 އަށް 35 ޕޮއިންޓް

- ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 07 ނުވަތަ 08 އަށް 30 ޕޮއިންޓް

- ސޯޝަލް ސެކްޓަރގައި މަސައްކަތްކޮށްފައިވުން ނުވަތަ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ދާއިރާގަ މަސައްކަތް ކޮށްފައިވާނަމަ 5 ޕޮއިންޓް

މަސައްކަތު ތަޖުރިބާއަށް 40 (ސާޅީސް) ޕޮއިންޓް:

- މަސައްކަތުގެ ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ  މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް ލިބިފައިވާ ލިޔުންތަކަށެވެ.

އިންޓަވިއުއަށް 20 (ވިހި) ޕޮއިންޓް:

- އިންޓަވިއުގައި ޤާނޫނާއި ޝަރީޢާގެ ދާއިރާއިން، ކުޑަކުދިންގެ ޙައްޤުތަކާއި އަދި ސޯޝަލް ސައިންސްގެ ދާއިރާއިން، މި މަސައްކަތާ ގުޅޭގޮތުން ސުވާލުތަކެއް ކުރެވޭނެއެވެ.

މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންވީގޮތާއި ސުންގަނޑި:

- ސީވީ އަދި ތަޢްލީމީ ސެޓްފިކެޓްތައް

- މި ކޮންސަލްޓަންސީގެ ދަށުން މަސައްކަތްކުރާނެ ގޮތުގެ ޕްލޭނެއް ނުވަތަ ޕްރޮޕޯސަލެއް ހުށަހެޅުން

- އަދި ކޮންސަލްޓަންސީ ލިބިއްޖެނަމަ، 5 ދުވަހުގެ ތެރޭގައި "އިންސެޕްޝަން ރިޕޯޓެއް" ހުށަހެޅުން

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ.

11 ޖުމާދަލްއޫލާ 1441

06 ޖަނަވަރީ  2019

06 ޖަނަވަރީ 2020