ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ އަށް މާލެއިން ކުއްޔަށް ދޫކުރާނެ ގުދަނެއް ނުވަތަ ވޯކްޝޮޕެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް
- ގުދަނަކީ ނުވަތަ ވޯކްޝޮޕަކީ ކުޑަވެގެން 4000 އަކަފޫޓްގެ ތަނަކަށްވުން.
- ރަނގަޅަށް ބަންދުކުރެވޭ (ތަޅުލެވޭ) ތަނަކަށްވުން.
- ތަނަކީ ފާރުތަކުގައި ސިމެންތި ޖަހާ ތަޅުންއެޅިފައި ހުރިތަނަކަށްވުން.
- ކަރަންޓު ވައިރުކުރެވި، ކަރަންޓު އަދި ފެން މީޓަރު ވަކިކުރެވިފައިވާ ތަނަކަށްވުން.
- ތަނުގައި ވައި ދައުރުކުރާ ގޮތަށް ހުރިތަނަކަށްވުން.
- ތަނުގައި ފާހާނައެއް ހުރުން.
- ތަނުގެ ކުރިމަތީގައި ދުއްވާ އެއްޗެއް މަޑުކޮށް މުދާ އަރުވާ ބޭލޭ ގޮތަށް ހުރުން.
- 4 ފުރޮޅުލީ ދުއްވާތަކެތި ވަދެވޭ މަގެއްކަމުގައި ވުން.
ތަން |
ތާރީހް |
ގަޑި |
ތަން |
އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) |
09 ޖަނަވަރީ 2020 |
02:30 |
އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) |
އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) |
13 ޖަނަވަރީ 2020 |
11:00 |
އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) |
ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، އަދި އަގު ހުށައަޅުއްވަނީ ކުންފުންޏެއް ގެ ނަމުގައި ވަނީނަމަ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް