ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮޕަރޭޝަން އޮގަނައިޒަރ |
ބޭނުންވާ އަދަދު: |
07 (ހަތެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
ކްލެސިފިކޭޝަން / ރޭންކް: |
އޮޕަރޭޝަން އޮގަނައިޒަރ - ގްރޭޑް 1 |
މުސާރަ: |
މަހަކު 9000.00ރ އާއި 8000.00ރ ދެމެދު |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ އައްޑޫ އޮފީސް |
ފެންވަރު ނުވަތަ ޝަރުތު: |
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތު ދާއިރާއަކުން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ - މަސައްކަތާ ގުޅޭދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޑިޕާރޓްމަންޓް އިން ޙަވާލުކުރާ އެކި ޕްރޮޖެކްޓްތައް ސްޕަރވައިޒްކޮށް މަސައްކަތްތައް ހިނގާ ނުހިނގާގޮތުގެ ތަފްސީލު ވެރިންނާއި ހިއްސާކުރުން. - ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން. އަދި މަސައްކަތަށް ބޭނުންވާ ސާމާނު ވަގުތަށް ސައިޓަށް ލިބިފައިވޭތޯ ކަށަވަރުކުރުން. - ވެރިންގެ އިރުޝާދާއި އެއްގޮތަށް ސައިޓްގައި ކުރާ މަސައްކަތްތައް ނިންމާ ރިޕޯޓް ކުރަންޖެހޭ ފަރާތަކަށް ރިޕޯރޓްކުރުން. - ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދާގޮތް މޮނިޓަރ ކުރުން. - މަސައްކަތައް ބޭނުންވާ މީހުންނާއި ތަކެތި ޝެޑިލްކުރުން. - ސައިޓްގައި ކުރާ މަސައްކަތްތަކާއި ގުޅިގެން ހަދަންޖެހޭ ރިޕޯޓްތައް ދުވަހުން ދުވަހުން ހަދާ ހަމަޖެހިފައިވާ އުސޫލުން ފައިލްކޮށް ބެލެހެއްޓުން. |
މަޤާމް: |
އެޑްމިން އޮފިޝަލް |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
ކްލެސިފިކޭޝަން / ރޭންކް: |
އެޑްމިން އޮފިޝަލް - ގްރޭޑް 1 |
މުސާރަ: |
މަހަކު 7000ރ އާއި 6000ރ ދެމެދު |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ އައްޑޫ އޮފީސް |
ފެންވަރު ނުވަތަ ޝަރުތު: |
- 'ސާނަވީ' ނުވަތަ އެއާއެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިންދަށްވެގެން "ޑީ" ގްރޭޑްލިބިފައިވުމާއެކު، އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- މުވައްޒަފުންނާ ގުޅުން ހުރި އެންމެހާ މަސައްކަތްތައް ކުރުން. - ޕްރޮޖެކްޓް ސައިޓް އޮފީހަށް ބޭނުންވާ ހުރިހާ އިދާރީ މަސައްކަތްތަކެއް ކުރުން. - ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާ ލިޔެކިއުންތައް ތައްޔާރުކޮށް ފޮނުވުން (މެއިލްކުރުން). |
މަޤާމް: |
ސަޕޯރޓް ސްޓާފް |
ބޭނުންވާ އަދަދު: |
30 (ތިރީސް) |
މަޤާމުގެ ގިންތި: |
ދާއިމީ |
ކްލެސިފިކޭޝަން / ރޭންކް: |
ސަޕޯރޓް ސްޓާފް - ގްރޭޑް 1 |
މުސާރަ: |
މަހަކު 7000ރ އާއި 5000ރ ދެމެދު |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ އައްޑޫ އޮފީސް |
ފެންވަރު ނުވަތަ ޝަރުތު: |
- ޞިއްޙަތުރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކު ކަމުގައިވުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕްރޮޖެކްޓް ސައިޓްގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން. - މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް - ޕްރޮޖެކްޓް ހިންގުމުގައި ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވާ ބޭލުން. - މަސައްކަތްކުރާ ސަރަޙައްދު (ގޯތިތެރެއާއެކު) ސާފުކޮށް ބެލެހެއްޓުން. - މިކޯރޕޮރޭޝަނުން ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްކުރުން. |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 2020 ޖަނަވަރީ 20 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ އެޗް.އާރް މެއިލް (hr@rdc.gov.mv) އަށް ފޮނުވަންވާނެއެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2020 ޖެނުއަރީ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
14 ޖުމާދުލްއޫލާ 1441
09 ޖަނަވަރީ 2020