ދިވެހިރާއްޖެ
ިޔަވަތި އަށް ބޭނުންވާ ފަރުނީޗަރު ޖެހުމަށާއި ، ބައެއްފަރުނީޗަރާއި ގޮދަޑި ، އަދި މެޝިނަރީ ފަދަތަކެތި ގަންނަން ބޭނުންވެއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސްގެ ދަށުން ހިންގާ ފިޔަވަތި އަށް ބޭނުންވާ ފަރުނީޗަރު ޖެހުމަށާއި ބައެއް ފަރުނީޗަރާއި، ގޮދަޑި ގަންނަން ކުރެވުނު އިއުލާން (IUL)FV-FP/1/2019/05) އަށް، އެކަށީގެންވާ އަދަދަށް، އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީ، އަލުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުހުގެ ދުވަހުގެ 13:00 ގައި، ހުޅުމާލެ، ފިޔަވަތި އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 13:00 އަށް ހުޅުމާލެ، ފިޔަވަތި އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
މަސައްކަތް ޙަވާލުކުރެވޭނީ، ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3027622 އަށް ގުޅުއްވުން އެދެމެވެ.