ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް އިދާރާގައި ހުރި ބައުތަކެތި ނީލަންކިއުން
ކައުންސިލް އިދާރާގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 8 ފެބްރުވަރީ 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 02 ފެބްރުވަރީ 2020 އިން 06 ފެބްރުވަރީ 2020 އަށް މި 05 ދުވަހުގެ 8:00 އިން 12:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 03 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ.
ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 08 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހުގެ 9:00 އަށް ކައުންސިލް އިދާރާއަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ޖުމާދަލްއާޚިރާ 1441