ދިވެހިރާއްޖެ
މިއޮފީހުގެ ބޭނުމަށް ހއ.ހަނިމާދޫ އެއާޕޯރޓް އާއި ހއ.ދިއްދޫ އިމިގްރޭޝަން އޮފީހާއި ދެމެދު ޕާސްޕޯރޓް ފޮށި ގެނެސް ގެންދިއުމަށް ލޯންޗުގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ: (IUL)94-A/94/2020/04 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 12 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 19 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.