ދިވެހިރާއްޖެ
ހަނިމާދޫ ޞިއްޙީމަރުކަޒު
ހދ.ހަނިމާދޫ/ދިވެހިރާއްޖެ
އިޢުލާން
ހދ. ފިނޭ ޞިއްޙީ މަރުކަޒުން ލެބޯޓްރީ ޓެސްޓު ހެދުމަށް ބޭނުންވާ ސާންޕަލްތައް ހަނިމާދޫ ޞިއްޙީ މަރުކަޒަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން |
ހދ. ފިނޭ ޞިއްޙީ މަރުކަޒުން ލެބޯޓްރި ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާންޕަލްތައް ހަނިމާދޫ ޞިއްޙީ މަރުކަޒަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ދެންނެވި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުގައި ހަނިމާދޫ ޞިއްޙީ މަރުކަޒަށް ނުވަތަ ފިނޭ ޞިއްޙީ މަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.
- މައުލޫމާތު ސާފުކުރުން
23 ފެބުރުއަރީ 2020 ވާ އާއްދިތަ ދުވަހުގެ 10:00 އަށް
- ޕްރޮޕޯސަލް ހުށައެޅުން
27 ފެބުރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް
މަޢުލޫމާތު ސާފުކުރުމުގައި ބައިވެރި ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
13 ފެބުރުއަރީ 2020