ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން މި ކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިކޯޓުގެ ނަންބަރު: M1C-A/2020/02 (13 ޖެނުއަރީ 2020) އިޢުލާނުގެ މަޢުލޫމާތަށް ބަދަލު ގެނެވިފައިވާތީ އެއިޢުލާން ބާޠިލްކޮށް، ކޮންޓްރެކްޓް އުޞޫލުން މި ކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 18 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 19 ފެބްރުއަރީ 2020
- އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00
- އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މީދޫ މެޖިސްޓްރޭޓް ކޯޓް
މިމަސައްކަތަށް ކުރިމަތިލެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކާއި ލޯކަލް އިންވެސްމަންޓް ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، އެބޭފުޅަކު ތަމްސީލު ކުރައްވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.