ދިވެހިރާއްޖެ
Centre for Space Science and Technology Education in Asia and the Pacific Training Programs 2020-2021 |
|
25th Post Graduate Course on Remote Sensing and Geographic Information System 12th Post Graduate Course on Satellite Meteorology and Global Climate |
ކޯހުގެ ނަން |
މި ޕްރޮގްރާމްތަކުގެ ޝަރުތުތަކާއި މަޢުލޫމާތު އަދި އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް http://www.mohe.gov.mv އަދި www.cssteap.org އިން ލިބެން ހުންނާނެއެވެ. |
ކޯހުގެ ޝަރުތުތަކާއި، އިތުރު މަޢުލޫމާތު: |
* އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި. * މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ. * ޕާސްޕޯޓް ކޮޕީ (ޑޭޓާ ޕޭޖް) * ޕާރސަނަލް ޕްރޮފައިލް * މެޑިކަލް ރިޕޯޓްގެ ކޮޕީ * ހުށައަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކުރައްވާފައެވެ. އަދި ކިޔެވި ޔުނިވާރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ލިޔުމެއް ނަމަ އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސަސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ. * މިކޯހަށް ހޮވޭ ކެނޑިޑޭޓުންގެ ކޯސް ފީއާއި، ސްޓައިޕެންޑް، ދެކޮޅު ޓިކެޓް އަދި ކޯހުގެ އިތުރު ޙަރަދު ހަމަޖައްސަންޖެހޭނީ ކެނޑިޑޭޓު އަމިއްލައަށެވެ. * "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ. * އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ. |
ހުށަހަޅަންޖެހޭ ތަކެތި: |
ސުންގަޑި: 26 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ12:00 ގެ ކުރިން |
|
އެޕްލިކޭޝަން ހުށަހަޅުއްވާނީ: https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
|
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން http://www.mohe.gov.mv އަދި 3026950 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. |