ދިވެހިރާއްޖެ
IsDB Scholarship Programmes for the Year 2020-2021 |
|||
އައިޑީބީ މެމްބަރ ޤައުމުތައް |
ޤައުމު: |
- ބެޗްލަރސް ޑިގްރީ - މާސްޓަރސް ޑިގްރީ - ޕީއެޗްޑީ - ޕޯސްޓް ޑޮކްޓޯރަލް ރިސާރޗް |
ލެވެލް: |
އިޢުލާނާއިއެކު އަޕްލޯޑް ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައިވާ ޕްރޮގްރާމްތަކުގެ ދަށުން ހުޅުވާލައްވާފައިވާ ދާއިރާތަކުގެ ކޯސްތައް |
ކޯސް: |
||
ބެޗްލަރސް ޑިގްރީ 1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. 2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. 3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ: ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި ނ. TOEFL 550 އިން ފެށިގެން މަތި. ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް. 4. އެމްބީބީއެސް އަށް ކުރިމަތިލާ ދަރިވަރުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އިން ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވުން 5. އިޚްތިޔާރުކުރައްވާ ޕްރޮގްރާމާއި ގުޅޭގޮތުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ ވެބްސައިޓު https://www.isdb.org/scholarships ގައި ބަޔާންކުރައްވާފައިވާ ޝަރުތުތައް ފުރިހަމަވުން.
މާސްޓަރސް ޑިގްރީ 1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗުލަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2. އިޚްތިޔާރުކުރައްވާ ޕްރޮގްރާމާއި ގުޅޭގޮތުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ ވެބްސައިޓު https://www.isdb.org/scholarships ގައި ބަޔާންކުރައްވާފައިވާ ޝަރުތުތައް ފުރިހަމަވުން.
ޕީއެޗްޑީ 1. ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2. އިޚްތިޔާރުކުރައްވާ ޕްރޮގްރާމާއި ގުޅޭގޮތުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ ވެބްސައިޓު https://www.isdb.org/scholarships ގައި ބަޔާންކުރައްވާފައިވާ ޝަރުތުތައް ފުރިހަމަވުން.
ޕޯސްޓް ޑޮކްޓޯރަލް ރިސާރޗް 1. ކޯހާއި ގުޅޭ ދާއިރާއަކުން ޕީއެޗްޑީ ހާސިލްކޮށްފައިވުން. 2. އިޚްތިޔާރުކުރައްވާ ޕްރޮގްރާމާއި ގުޅޭގޮތުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ ވެބްސައިޓު https://www.isdb.org/scholarships ގައި ބަޔާންކުރައްވާފައިވާ ޝަރުތުތައް ފުރިހަމަވުން.
އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން. ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު 2. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން. 3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން. |
ކޯހުގެ ޝަރުތު: |
||
ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭ ތަކެތި. 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް) 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 4. ޕޯސްޓް ގްރެޖުއޭޓް މެޑިސިންއަށް ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ކަން އަންގައިދޭ ލިޔުން. 5. އަޕްލޯޑް ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި ސްކީމާއި ގުޅޭގޮތުން އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން. 6. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން. 7. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް. 8. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި: |
||
* މިސްކޮލަރޝިޕް ސްކީމްތަކާބެހޭ އިންފޮމޭޝަން ޝީޓް މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަދި އައިޑީބީގެ ވެބްސައިޓް https://www.isdb.org/scholarships ން ލިބޭނެއެވެ. * މިއީ އައި.ޑީ.ބީ މެމްބަރު ޤައުމުތަކުގެ މެދުގައި ވާދަކުރާ ސްކޮލަރޝިޕްތަކެކެވެ. މިސްކޮލަރޝިޕްތަކުގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ އައި.ޑީ.ބީ ގެ ފަރާތުންނެވެ. * މިސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން (ޓިއުޝަން ފީ، ލިވިންގ އެލަވަންސް އަދި ދެކޮޅު ޓިކެޓް) ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. އަދި މީގެ ތަފްސީލް އެސްކީމެއްގެ އިންފޮމޭޝަން ޝީޓްގައި ބަޔާން ކޮށްފައިވާނެއެވެ. * މި ސްކޮލަރޝިޕަށް ޝަރުތު ހަމަވާ ދަރިވަރުން 28 ފެބްރުއަރީ 2020 ގެ ކުރިން އައިޑީބީ އަށް އޮންލައިންކޮށް އެޕްލައި ކުރަން އެންގޭނެއެވެ. އެހެންކަމުން، އައިޑީބީ އޮންލައިން އެޕްލިކޭޝަނާއި އެއެޕްލިކޭޝަންއާއިއެކު ހުށަހެޅުމަށް (އެޕްލިކޭޝަން)ގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔުންތައް ތައްޔާރުކޮށްފައި ބެހެއްޓުމަށް އެދެމެވެ. އަދި އޮންލައިންކޮށް އެޕްލައިކުރުމަށްފަހު، އެކަން schol@mohe.gov.mv އަށް އީމެއިލްއިން އަންގަވައި ދެއްވުންވެސް އެދެމެވެ. * މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ހުށަހަޅުއްވަންވާނީ އެންމެ އެޕްލިކޭޝަން ފޯމެކެވެ. * ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ. * ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ. * އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ. * ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކުރައްވާފައެވެ. އަދި ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް ނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ. * މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއް ނުދެވޭނެއެވެ. * ކޯހަށް ހޮވޭ ފަރާތްތަކާއި މި މިނސްޓްރީއާއިމެދު ވެވޭ އިގުރާރާއި އެއްގޮތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރަންވާނެއެވެ. * ކޯހަކަށް އެދިހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ. * ކޯހަށް ނޮމިނޭޓްވެއްޖެކަން މި މިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. * އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ. * "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ. * އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ. * ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. |
އިތުރު މަޢުލޫމާތު |
||
25 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހު 13.30 ގެ ކުރިން |
ސުންގަޑި: |
||
އެޕްލިކޭޝަން ހުށަހަޅުއްވާނީ: https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
|||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން http://www.mohe.gov.mvއަދި 3026966 / 3026941 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. |