ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މިކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
ސީނިއަރ އޮފިސަރ - ގްރޭޑް 1 |
މުސާރަ: |
މަހަކު -/7000 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2800ރ އަދި އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް. |
ފެންވަރު ނުވަތަ ޝަރުތު: |
- މެނޭޖްމަންޓް ނުވަތަ ފައިނޭންސް އާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 03 (ތިނެއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ - ޖީ.ސީ.އީ އޭ ލެވެލް 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 03 (ތިނެއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު އެސް.އެސް.ސީ އިމްތިޙާނުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި މަސައްކަތުގެ ދާއިރާއިން މަދުވެގެން 03 (ތިނެއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން.
|
އެހެނިހެން ޝަރުތު: |
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. - ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން. - މި މަޤާމަށް މީހަކު އައްޔަން ކުރުމުގައި ޕްރޮކިއުމަންޓް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕާރޗޭސް ރިކުއެސްޓްތައް ރިސީވްކުރުމާއި އެންޓަރކުރުން އަދި އަޕްޓޭޑްކުރުން. - ޕާރޗޭސް ރިކުއެސްޓްތަކުގައި ބޭނުންވާ މަޢުލޫމާތާއި ހުއްދަތައް ހަމަތޯ ބަލައި ހަމަ ނޫންނަމަ ހުއްދަތައް ހޯދުން. - ތަކެތި ގަތުމާއި ޚިދުމަތްހޯދުމަށް ނުވަތަ މަސައްކަތްތައް ކުރުމަށް ކޯޓޭޝަން، އެސްޓިމޭޓް ނުވަތަ ޕްރޮޕޯސަލް ހޯދަންޖެހޭ ކަންކަމުގައި ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގައި ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އެތަކެތި ހޯދުން. - ރިކުއެސްޓް ފޯރ ޕްރޮޕޯސަލް / އެސްޓިމޭޓް ތައްޔާރުކުރަންޖެހޭ ޙާލަތްތަކުގައި އެތަކެތި ތައްޔާރުކުރުން. - ތައްޔާރުކުރެވޭ ރިކުއެސްޓްތައް ސަޕްލަޔަރުންނަށް ފޮނުވުން/ އިޢުލާން ކުރުން. - ޕްރޮކިއުމަންޓާއިގުޅޭ ބައްދަލުވުންތައް އިންތިޒާމްކޮށް ބެލެހެއްޓުން. - ސަޕްލަޔަރުންނަށް މަޢުލޫމާތުދޭންޖެހޭ ޙާލަތްތަކުގައި އެމަޢުލޫމާތުތައް ފޯރުކޮށްދިނުން. - ލިބޭ އޮފަރތައް އިވޭލުއޭޓްކޮށް އަޅާކިޔުން. - ޕަރޗޭސް އޯޑަރ ތައްޔާރުކޮށް ހުއްދަތައްހޯދައި ސަޕްލަޔަރުންނަށް ފޮނުވުން. - ވެންޑަރ އެކްރެޑިޓްކުރުމުގައި އެހީތެރިވުން. - ކްރެޑިޓް އެޕްލިކޭޝަންތައް ފުރިހަމަކުރުމުގައި އެހީތެރިވުން. - ޙަވާލުކުރެވިފައިވާ މަސައްކަތްތައް ހިނގަމުންދާކަން ކަށަވަރުކުރުމާއެކު މަސައްކަތްތައް ކުރިއަށްދާގޮތް އެނގޭގޮތަށް ރިޕޯޓްތައް ތައްޔާރުކުރުން. - ޕްރޮކިއުމެންޓް ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން. - ޕްރޮކިއުމެންޓާއި ގުޅޭ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން. - މަސައްކަތުގެ ދާއިރާގައި ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
މަޤާމް: |
އެސިސްޓެންޓް ޕްރޮޑަކްޝަން އޮފިސަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 3 |
މުސާރަ: |
މަހަކު -/4500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/1800ރ އަދި އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 03 ނުވަތަ 04 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން. - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު އެސް.އެސް.ސީ އިމްތިޙާނުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި މަސައްކަތުގެ ދާއިރާއިން މަދުވެގެން 02(ދޭއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު |
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕްރޮޑަކްޝަން މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ރިކުއެސްޓް ތައްޔާރުކުރުން. - ޕްރޮޑަކްޝަންގެ މަސައްކަތްތައް ޝެޑިއުލްތަކާއި އެއްގޮތަށް ކުރުމުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. - މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން. - ޕްރޮޑަކްޝަންއާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން. |
މަޤާމް: |
އެސިސްޓެންޓް އައިޓީ އޮފިސަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 4 |
މުސާރަ: |
މަހަކު -/4750 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/1900ރ އަދި އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 03 ނުވަތަ 04 ގެ ސަނަދެއް ހާސިލުކޮށްފައިވުން ، ނުވަތަ - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު އެސް.އެސް.ސީ އިމްތިޙާނުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.އަދި މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 (ދޭއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
|
މަޤާމް: |
އެސިސްޓެންޓް ވެހިކަލް މެއިންޓެނަންސް އޮފިސަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 3 |
މުސާރަ: |
މަހަކު -/4500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/1800ރ އަދި އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 03 ނުވަތަ 04 ގެ ސަނަދެއް ހާސިލުކޮށްފައިވުން ، ނުވަތަ - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު އެސް.އެސް.ސީ އިމްތިޙާނުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.އަދި މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 (ދޭއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- މެކޭނިކަލް ވޯރކްޝޮޕް އަދި ކާފެންޓްރީގެ އެންމެހާ މަސައްކަތްތަކުގައި އެހީތެރިކަން ދިނުން. - ޔުޓިލިޓީ ޚިދުމަތްތައް މުވައްޒަފުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވެދިނުން. - ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅިގެން ތައްޔާރު ކުރަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކުރުން. |
މަޤާމް: |
އެސިސްޓެންޓް ލޮޖިސްޓިކްސް އޮފިސަރ |
ބޭނުންވާ ޢަދަދު: |
02 (ދޭއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 1 |
މުސާރަ: |
މަހަކު -/4000 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/1600ރ އަދި އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް. |
ފެންވަރު ނުވަތަ ޝަރުތު: |
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު އެސް.އެސް.ސީ އިމްތިޙާނުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕްރޮޖެކްޓްތަކަށް ބޭނުންވާ މެޓީރިއަލްސް އާއި އެހެނިހެން ސާމާނު ސައިޓްތަކަށް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ލޮޖިސްޓިކްސް އެންމެހާ މަސައްކަތްތަކުގައި އެހީތެރިވުން. - ލޮޖިސްޓިކްސް އޮޕަރޭޝަންސްގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން. - ޑިޕާޓްމަންޓްގެ މަސައްކަތްތަކާއި ގުޅިގެން ފައިލްކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން. |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 02 މާރޗް 2020 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، މާރޗް މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
29 ޖުމާދަލްއާޙިރާ 1441
23 ފެބްރުއަރީ 2020