ވަޒީފާގެ ފުރުޞަތު
ނަންބަރު: MREIC/IU/2020/0016 : ނަންބަރު
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި:
03 މާރިޗު 2020 14:00
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަނަކީ އެމްޓީސީސީގެ ސައްތައިން ސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
މަޤާމް:
|
ޕްރޮޖެކްޓް އޮފިސަރ
|
ޢަސާސީ މުސާރަ:
|
6,600.00
|
ސާވިސް އެލަވަންސް
|
1,500.00
|
ބޭނުންވާ އަދަދު
|
01
|
ކޮންޓްރެކްޓްގެ ބާވަތް
|
ކޮންޓްރެކްޓް
|
މަސައްކަތް ކުރަންޖެހޭ ތަން:
|
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ މާލެ އޮފީހުގައެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
|
- ޕްރޮޖެކްޓް ތަކުގެ މަސައްކަތްތައް ކުންފުނިން ކަނޑައަޅާ އުސޫލުތަކާއި / ޕްރޮސީޖަރތަކާއި އެއްގޮތަށް ރާވާ ހިންގުމުގައި އިދާރީގޮތުން އެހީތެރިވެދިނުން.
- ޕްރޮޖެކްޓެއް ހިންގުމުގެކުރިން ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީ ފަދަ ކަންކަމަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި އެހީތެރިވެދިނުން.
- ޓެންޑަ ޑޮކިއުމަންޓްތައް ހެދުމާއި ބީ.އޯ.ކިޔު ހެދުމުގައި އެހީތެރިވެދިނުން.
- ޕްރޮޖެކްޓްސްތަކަށް ބޭނުންވާ ކުރެހުންތައް ޑްރާފްޓްކުރުން.
- ޕްރޮޖެކްޓްސްތަކާއި ގުޅިގެން ބާއްވާ ބައްދަލުވުންތަކުގައި ސެކްޝަންގެ ފަރާތުން ބައިވެރިވެ، ކުރަންޖެހޭ މަސައްކަތްތައްކުރުން.
- މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުން.
- މަސައްކަތުގައި ދިމާވާ މައްސަލަތައް ސްޕަވައިޒަރުންނާއި ގުޅިގެން ހައްލުކުރުން.
- ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތްތައް ސްޕަވައިޒަރަށް ރިޕޯޓްކުރުން.
- ކުންފުނީގެ ލަނޑުދަނޑިތައް ޙާސލުކުރުމަށްޓަކައި ކުންފުނިން ހިންގާ އެންމެހައި ހަރަކާތްތަކުގައި ބައިވެރިވުން.
|
މަގާމުގެ ޝަރުތުތައް:
|
- އެމް އެން ކިއު އެފް ލެވެލް 5 ގެ ސަނަދެއް އޮތުން
- މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން މަދު ވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އޮޓޯ ކެޑް ފަރިތަކަމާއި އެކު ބޭނުންކުރަން އެގުން
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖު ފަރިތަކަމާއެކު ބޭނުންކުރަން އެގުން.
|
ވީމާ، މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 03 މާރޗް 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން ހުށެހެޅުއްވުން އެދެމެވެ.މި މިތަކެތި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ، 3001488 ނަންބަރު ފޯނަށެވެ.
އަދި އީ-މެއިލް ކުރައްވާނީcareers@mreic.com.mv އަށެވެ.
25 ފެބްރުއަރީ 2020