ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: RDC-IUL/PROC/2020-08
މިކޯޕަރޭޝަންގެފަރާތުން ރާއްޖެއިން ބޭރުން ގެންނަ ތަކެތި ކަސްޓަމްކުލިއަރެންސް ހެދުމާއި، އެ ތަކެތި ގެންދަންޖެހޭ ތަންތަނަށް ގެންގޮސްގުދަންކުރުމުގެ މަސައްކަތް މީލާދީ 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ކޮށްދޭނެބްރޯކަރެއް ހޯދުމާއި ގުޅޭ.
މި ކޯޕަރޭޝަންގެފަރާތުން ރާއްޖެއިން ބޭރުން ގެންނަ ތަކެތި ކަސްޓަމް ކުލިއަރެންސް ހެދުމާއި، އެ ތަކެތި ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ގުދަންކުރުމުގެ މަސައްކަތް މީލާދީ 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ކޮށްދޭނެ ބްރޯކަރެއް ޢައްޔަން ކުރަން ބޭނުންވެއެވެ.
މި މަސައްކަތް ޙަވާލުކުރުމުގައި ބަލާނެ ކަންތައްތައް:
1- ހުށަހަޅާ އަގަށް: %80
2- ތަޖުރިބާއާއި، މާލީ ޤާބިލްކަމަށް: %20 (ތަޖުރިބާގެ ލިޔުންތައްބަލާނީ ވޭތުވެ ދިޔަ 3 އަހަރު ދުވަހުގެ މުއްދަތަށެވެ.)
އަންދާޒީ ހިސާބު ހުށަހެޅުމާއި ގުޅޭ:
މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2 މާރިޗު 2020ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އޮފީހަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.
އަންދާސީ ހިސާބުތައް ހުށަހެޅުމަށް ޙާޟިރުވާ ފަރާތްތަކުގެ ޙާޟިރުގައި އަންދާސީ ހިސާބުތައް ކެނޑުމާއި، ހުށަހަޅާފައިވާ އަގުތައް ޙިއްސާކުރުން އޮންނާނެއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : procurement@rdc.com.m
26 ފެބްރުއަރީ 2020