ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގައި ހުރި ބައުތަކެތި ނީލަންކިޔުމަށްޓަކައި ކުރެވުނު ނަންބަރ: IUL)426-CA/426/2020/20) ޢިޢުލާނާ ގުޅިގެން 08 ފެބްރުވަރީ 2020 ވަނަ ދުވަހު އޮތް ނީލަމުގައި ނުވިކިހުރި ބައެއްތަކެތި ހުރުމާއެކު އެތަކެތި ދެވަނަ ފަހަރަށް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 07 މާރިޗް 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 01މާރިޗް 2020 ވާ އާދީއްތަ ދުވަހުގެ 8:00 އިން 14:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 03 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ.
ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 07 މާރިޗް 2020 ވާ ހޮނިހިރު ދުވަހުގެ 9:00 އަށް ކައުންސިލް އިދާރާއަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
01 ރަޖަބް 1441