މަސައްކަތް
ނަންބަރު: GS05-C /IUL/2020/01
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 12 މާރިޗު 2020 13:00
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - މަރުކަޒުގެ ގޭޓް ތައްޔާރުކޮށް އެރުވުން

                    

                                          ޢިޢުލާން ނަމްބަރ: GS05-C /IUL/2020/01                         

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

މަރުކަޒުގެ ގޭޓް ތައްޔާރުކޮށް އެރުވުން

 

މި މަރުކަޒުގެ ދަރިވަރުން ވަދެނުކުތުމަށް ބޭނުންކުރާ 2 ވަނަ ގޭޓް އަމިއްލަ ތަކެތީގައި ތައްޔާރުކޮށް، އެރުވުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 މާރޗް 02 ން 08 ށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ.

  2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 މާރޗް 09 ވާ ހޯމަ ދުވަހުގެ 13:00 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.

  3.   މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ފެބުރުއަރީ 10 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

  4. ބިޑް ހުޅުވުން އޮންނާނީ 2020 މާރޗް 12 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.

  5. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.

ފޯން:  6820029

އީ-މެއިލް: info@gaaec.edu.mv

ކޮޕީ އީ-މެއިލް: finance@gaaec.edu.mv

 

 

01 މާރިޗު 2020