ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މިކޯޕަރޭޝަންގެ ޅ.ހިންނަވަރު ރީޖަނަލް އޮފީހަށް ތިރީގައިވާ މަގާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ހެޑް އޮފް އޮޕަރޭޝަންސް |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު) |
ކްލެސިފިކޭޝަން / ރޭންކް: |
ހެޑް އޮފް އޮޕަރޭޝަންސް - ގްރޭޑް 1 |
މުސާރަ: |
މަހަކު 13000.00ރ އާއި 15000.00ރ ދެމެދު |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޅ.ހިންވަރު ރީޖަނަލް އޮފީސް |
ފެންވަރު ނުވަތަ ޝަރުތު: |
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތު ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ - ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން، އޭގެ އިތުރުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަސައްކަތާއި ގުޅޭދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޅ.ހިންނަވަރު ރީޖަނަލް އޮފީސް ހިންގުމުގެ އެންމެހާ ކަންތައް ހެޑް އޮފީހުގެ ލަފާގެ މަތިން ކުރުން. - އޮފީހުގެ އެންމެހާ މަސައްކަތްތައް ރާވާއި ހިންގުން. - ޕްރޮޖެކްތްސްތަކާއި ސައިޓުތަކުގެ މަސައްކަތް ހިނގާނުހިނގާގޮތް ޗެކްކޮށް ހެޑް އޮފީހާއި ހިއްސާ ކުރުމުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން. - އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ތައްޔާރު ކުރަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ރާވާ ހިންގުން. - އޮފީހުގެ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒު ކުރުމާއެކު މަސައްކަތްތައް ނިންމަން ކަނޑައަޅާފައިވާ ސުންގަޑިއަށް މަސައްކަތްތައް ނިންމުމުގެ މަސައްކަތް ރާވާ ހިންގުން. |
މަޤާމް: |
އޮޕަރޭޝަން އޮގަނައިޒަރ |
ބޭނުންވާ ޢަދަދު: |
02 (ދޭއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު) |
ކްލެސިފިކޭޝަން / ރޭންކް: |
އޮޕަރޭޝަން އޮގަނައިޒަރ - ގްރޭޑް 1 |
މުސާރަ: |
މަހަކު 8000.00ރ އާއި 9000.00ރ ދެމެދު |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޅ.ހިންވަރު ރީޖަނަލް އޮފީސް |
ފެންވަރު ނުވަތަ ޝަރުތު: |
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުން. ނުވަތަ، - ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން، އޭގެ އިތުރުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ - މަސައްކަތާ ގުޅޭދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކަމާގުޅޭ ޑިޕާރޓްމަންޓްތަކަށް ޙަވާލުކުރާ އެކި ޕްރޮޖެކްޓްތައް ސްޕަރވައިޒްކޮށް މަސައްކަތްތައް ހިނގާ ނުހިނގާގޮތުގެ ތަފްސީލު ވެރިންނާއި ހިއްސާކުރުން. - ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން. އަދި މިކަމަށް ބޭނުންވާ ސާމާނު މަސައްކަތަށް ބޭނުންވާ ވަގުތަށް ސައިޓަށް ލިބިފައިވޭތޯ ކަށަވަރުކުރުން. - ވެރިންގެ އިރުޝާދާއި އެއްގޮތަށް ސައިޓްގައި ކުރާ މަސައްކަތްތައް ނިންމާ ރިޕޯޓް ކުރަންޖެހޭ ފަރާތަކަށް ރިޕޯރޓްކުރުން. - ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދާގޮތް މޮނިޓަރ ކުރުން. - މަސައްކަތައް ބޭނުންވާ މީހުންނާއި ތަކެތި ޝެޑިލްކުރުން. - ސައިޓްގައި ކުރާ މަސައްކަތްތަކާއި ގުޅިގެން ހަދަންޖެހޭ ރިޕޯޓްތައް ދުވަހުން ދުވަހުން ހަދާ ހަމަޖެހިފައިވާ އުސޫލުން ފައިލްކޮށް ބެލެހެއްޓުން. |
މަޤާމް: |
އެޑްމިން އޮފިޝަލް |
ބޭނުންވާ ޢަދަދު: |
04 (ހަތަރެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު) |
ކްލެސިފިކޭޝަން / ރޭންކް: |
އެޑްމިން އޮފިޝަލް - ގްރޭޑް 1 |
މުސާރަ: |
މަހަކު 6000.00ރ އާއި 7000.00ރ ދެމެދު |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޅ.ހިންވަރު ރީޖަނަލް އޮފީސް |
ފެންވަރު ނުވަތަ ޝަރުތު: |
- ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން، އޭގެ އިތުރުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ، - މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- މުވައްޒަފުންނާ ގުޅުން ހުރި އެންމެހާ މަސައްކަތްތައް ކުރުން. - ޕްރޮޖެކްޓް ސައިޓް އޮފީހަށް ބޭނުންވާ ހުރިހާ އިދާރީ މަސައްކަތްތަކެއް ކުރުން. - ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާ ލިޔެކިއުންތައް ތައްޔާރުކޮށް ފޮނުވުން (މެއިލްކުރުން). |
މަޤާމް: |
ސަޕޯރޓް ސްޓާފް |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު) |
ކްލެސިފިކޭޝަން / ރޭންކް: |
ސަޕޯރޓް ސާރވިސް - ގްރޭޑް 1 |
މުސާރަ: |
މަހަކު 5000.00ރ އާއި 6000.00ރ ދެމެދު |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޅ.ހިންވަރު ރީޖަނަލް އޮފީސް |
ފެންވަރު ނުވަތަ ޝަރުތު: |
- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކު ކަމުގައިވުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕްރޮޖެކްޓް ސައިޓްގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން. - މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް ކުރުން. - ޕްރޮޖެކްޓް ހިންގުމުގައި ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވާ ބޭލުން. - މަސައްކަތްކުރާ ސަރަޙައްދު (ގޯތިތެރެއާއެކު) ސާފުކޮށް ބެލެހެއްޓުން. - މިކޯޕޮރޭޝަނުން ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްކުރުން. |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 12 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ މެއިލް (info@rdc.com.mv) އަށް ފޮނުވަންވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، މާރޗް މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
09 ރަޖަބް 1441
04 މާރިޗު 2020