ދިވެހިރާއްޖެ
އިޢުލާނު
މަޤާމް: |
އައިޓީ ޓެކްނިކަލް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-319941 |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ސީއެސް 6-3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ އޮޕަރޭޝަންސް ޓެކްނީޝަންސް |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ / ކ.މާލެ |
މުސާރަ: |
7,030.00 |
ސަރވިސް އެލަވަންސް: |
2,500.00 |
އެހެނިހެން އެލަވަންސް: |
ސްޕެޝަލް ޑިއުޓީ އެލަވަންސް – އަސާސީ މުސާރައިގެ %35 |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ބަލަހައްޓަމުންދާ ދާއިރާގެ ސަރވިސް ލެވެލްތައް ކަނޑައަޅާ، އިތުރަށް ރަނގަޅުކުރެވޭނޭގޮތްތައް ބަލައި އޮފީހުގެ އިސްވެރިންގެ މަޝްވަރާއާއިއެކު އެކަންކަން އިންޕްލިމެންޓްކޮށް ދެމެހެއްޓުން. އަދި ކަނޑައަޅާ ސަރވިސް ލެވަލްއާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށް ހާސިލްކުރުމާއިއެކު މޮނިޓަރިންގ ރިޕޯޓުތައް ތައްޔާރުކުރުން 2- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީގެ ދާއިރާއަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާއިދުތައް އެކުލަވާލައި، ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ތަޝްދީގު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން 3- އައި.ސީ.ޓީގެ އެހީގައި ޤައުމީ އަދި ދައުލަތުގެ ފެންވަރުގައި ކުރާ މަސައްކަތްތަކަށް އެއްފެންވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ ސްޓޭންޑަޑްސް އަދި ގައިޑްލައިންތައް ސެކްޝަން އިސްވެރިޔާގެ އިރުޝާދުގެ މަތިން އެކުލަވާލުން އަދި ސްޓޭންޑަޑްސް/ގައިޑްލައިންސްއާއި އެއްގޮތަށް އަމަލުކުރުމަށް ސަރުކާރާއި ދައުލަތުގެ މުވައްޒަފުން ހޭލުންތެރިކުރުމާއި، ޓެކްނޮލޮޖީއަށް އަންނަބަދަލުތަކާއި ބެސްޓްޕްރެކްޓިސްގެ މަތިން ސްޓޭންޑަޑްސް/ގައިޑްލައިންސް އިތުރަށް އިސްލާހުކުރުމުގައި އެހީތެރިވުން 4- ސްޓޭންޑަޑްސް/ގައިޑްލައިންސް ތަކާއި އެއްގޮތްވާގޮތުގެ މަތިން، މުއައްސަސާތަކުން އަމަލުކުރޭތޯ ބެލުމަށް، އައި.ޓީ އޮޑިޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމާއި، އޮޑިޓްކުރުމުގެ މަސައްކަތް ކުރުން. އަދި އޮޑިޓްކުރުމުގައި ފާހަގަ ކުރެވޭ މައްސަލަތައް ހައްލުކުރުމުގައި މުއައްސަސާތަކަށް އެހީތެރިވެދިނުމާއި، މުއައްސަސާތަކުގެ މަސައްކަތް އައި.ސީ.ޓީ ސްޓޭންޑަޑްސް އަދި ގައިޑްލައިންސް ތަކާއި އެއްގޮތްވާގޮތުގެ މަތިން ބައްޓަންކުރުމަށް އެޅޭނޭ ފިޔަވަޅުތައް ކަނޑައެޅުމުގެ މަސައްކަތްކުރުން 5- ދައުލަތައް އެންމެ ފައިދާކުރަނިވި ގޮތެއްގައި، އެވަގުތު ލިބެންހުރި ވަސީލަތްތައް ބޭނުންކޮށް 'އެންޓަޕްރައިޒް ލެވަލް' ލައިސަންސް ހޯދައި ބަލަހައްޓާނެގޮތުގެ ސްޓްރެޓަޖީ އެކުލުމުގެ މަސައްކަތްކުރުމާއި، ދައުލަތުގެ މުވައްސަޞާތަކައް ބޭނުންވާ ލައިސަންސް، ސޮފްޓްވެއަރ ސްޓޭންޑަޑް ގެ މަތިން ދޫކުރުމާއި، ސޮފްޓްވެއަރ ރިކުޔާމަންޓްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރުމާއި، ލައިސަންސްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފޭނޭ ހެން މަސައްކަތްތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތިން ކުރުން 6- މިދާއިރާއާއި ގުޅޭގޮތުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ބައިނަލްއަގްވާމީ މިންގަނޑުތަކާއި ޤައުމީ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސް ތަކުގެ މައްޗަށް ބިނާކޮށް ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ސެކްޝަން ވެރިޔާއަށް އެހީތެރިވުން 7- އޮފީހުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް، އޮފީހުން ކަނޑައަޅާފައިވާ ކުއަލިޓީމެނުއަލްތަކާއި، ޕްރޮސީޖަރތައް އަދި ޗެކްލިސްޓްތަކާއި އެއްގޮތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުން 8- މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ޙާސިލް ކުރުމަށް އެން.ސީ.އައި.ޓީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން |
މަޤާމުގެ ޝަރުތުތައް: |
ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ކޮމްޕްޓީއައިއޭ ޕްރޮޖެކްޓް+ ސަނަދު ލިބިފައިވުމާއެކު އައިޓީ ޓެކްނިކަލް ސަރވިސް މަސައްކަތުގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ނުވަތަ މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛
ނުވަތަ
ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ކޮމްޕްޓީއައިއޭ ޕްރޮޖެކްޓް+ ސަނަދު ލިބިފައިވުމާއެކު އައިޓީ ޓެކްނިކަލް ސަރވިސް މަސައްކަތުގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ނުވަތަ މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
ވަޒީފާގެ ދާއިރާ
ތައުލީމީ ރޮނގުތައް
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނީ ތިރީގައި މިދަންނަވާ ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ގާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ. ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ފާސްކޮށްފައިވާ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ "ރިކްރޫޓްމަންޓް ޓޫލްކިޓް" ގައިވާ "އިންފޮމޭޝަން ޓެކްނޯލޮޖީގެ ޓެކްނީޝަން އެންޑް އެސޯސިއޭޓް ޕްރޮފެޝަނަލްސް" ގައިވާ ގޮތުމުގެ މަތިންނެވެ. މިގޮތުން:
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް jobs@ncit.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 26 މާރޗް 2020 އާއި 09 އޭޕްރީލް 2020 އާ ދެމެދު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000 އަށެވެ. އީމެއިލް ކުރާނީ jobs@ncit.gov.mv އަށެވެ. |
15 ރަޖަބު 1441
10 މާރޗް 2020