ދިވެހިރާއްޖެ
އދ އަތޮޅު މަދަރުސާ
އދ މާމިގިލި
ދިިވެހި ރާއްޖެ
Ref. No. GS42 / 2020 /IUL/ 013
އިޢުލާން
މިއަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް މިމަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ވޮޗަރުން ހޯދުމަށް ބޭނުންވެއްޖެ
ވޮޗަރ |
މަޤާމު : |
ކޮންޓްރެކްޓު |
ގިންތި: |
03 |
ބޭނުންވާޢަދަދު: |
އދ އަތޮޅު މަދަރުސާ، އދ މާމިގިލި |
މަޤާމްއޮތް އޮފީސް: |
އދ އަތޮޅު މަދަރުސާ، އދ މާމިގިލި |
ވަޒީފާ އަދާކުރަންޖެހޭތަން: |
މަހަކު -/5000 ރުފިޔާ |
މުސާރަ: |
31 ޑިސެމްބަރު 2020ގެ ނިޔަލަށް. |
ކޮންޓުރެކްޓް |
1- މަދަރުސާގެ އިމާރާތްތަކާއި، ޢިމާރާތްތަކުގައިވާ މުދަލާއި ގޯތިތެރެޔާއި ގޯތިވަށައިގެންވާ މަގުތައް ބެލެހެއްޓުން 2- އެދުވަހަކު މަދަރުސާ ބަންދުކުރުމުން މަދަރުސާގައި ތަޅުލައި ބަންދުކޮށްފައި ހުންނަންޖެހޭ އެންމެހައި ތަންތަންހުރީ ރަނގަޅަށް ބަންދުކޮށްތަޅުލާފައިތޯ ޗެކްކުރަންވާނެއެވެ. މިގޮތުން މަދަރުސާބަންދު ގަޑީގައި ކަމާނުބެހޭ އެއްވެސް މީހެއް ނުވަތަ އެއްޗެއް ވިޔަސް މަދަރުސާތެރެއަށް ވައްދައިގެން ނުވާނެއެވެ. 3- ނުރަސްމީ ގަޑީގައި މަދަރުސާއަށް ވަދެނިކުމެވާ މީހުން ލޮގުކޮށް، ރެކޯރޑް ބެލެހެއްޓުން. 4- މަދަރުސާ ބަންދުކޮށްފައި ހުންނައިރު ދޮރެއް ހުޅުވިފައި ހުރިކަން ނުވަތަ ބަންދުނުވެ ހުރިކަން އެނގިއްޖެނަމަ ވީހާ އަވަހަށް މަދަރުސާގެ ކަމާބެހޭ ވެރިޔަކަށް އެންގުމާއިއެކު އެކަމެއް ޙައްލުކުރުން. 5- ބަންދު ގަޑީގައި މަދަރުސާން ވަކިކަމަކަށް ވަނުމަށް ހުއްދަދީފައިވާ މީހުން ފިޔަވައި، އެހެން މީހުން މަދަރުސާގެ ގޯތިތެރެއަށާއި އިމާރާތަށް ވަނުން މަނާކުރުން. 6- މަދަރުސާގައި އޯލެވެލް އިމްތިޙާނު އޮންނަ ދުވަސްވަރު ޑިޕާރޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އިން ކަނޑައަޅުއްވާ ފެންވަރަކަށް މަދަރުސާގައި އިމްތިޙާން ކަރުދާސް ބަހައްޓާ "ރައްކާތެރި ކޮޓަރި" ގެ ސެކިއުރިޓީ 24 ގަޑިއިރު ބެލެހެއްޓުން. 7- މަދަރުސާގައި އަހަރު ތެރޭގައި ބޭއްވޭ އެކިއެކި ބޮޑެތި އިޙުތިފާލުތަށް ބާއްވާ ވަގުތުތަކުގައި ސެކިއުރިޓީ ބެލެހެއްޓުން. 8- ރަސްމީ ދުވަސްތަކުގައި ޑިއުޓީ ގަޑިއަކީ ހަވީރު 4:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00 އަށް ( ޖުމްލަ 14 ގަޑިއިރު )، ރަސްމީ ބަންދު ދުވަސްތަކުގައި އަދި އޯލެވެލް ޕޭޕަރުތައް ގެންނަ ދުވަހުން ފެށިގެން ޕޭޕަރުތައް މަދަރުސާން ގެންދިއުމާއި ހަމައަށް 24 ގަޑިއިރު ޑިއުޓީކުރުން. 09- ކުއްލިއަކަށް ދިމާވާ ކަންކަމުގައި މަދަރުސާން އަންގައިފިނަމަ ނުކުތުން. 10- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި އެހީތެރިވުން. 11- އިދާރާގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސްތަކަށް ފެންދީ، ބެލެހެއްޓުމުގައި ވީވަރަކުން އެހީތެރިވުން 12- މަދަރުސާއަކީ ދަރިވަރުންނަށް ރައްކާތެތި މާހައުލަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވެ، ކޮންމެ ދުވަހަހަކު އެސެމްބްލީ ސަރަހައްދަށް ފެންޖެހުން. 13- ސްކޫލްގައި ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން. 14- ބަންދު ގަޑީގައި މަދަރުސާން ބޭރަށް ގެންދާ ތަކެއްޗާއި، ބޭރުން އެތެރެއަށް ވައްދާ ތަކެތި މަދަރުސާން އަންގާ ގޮތެއްގެ މަތިން ރެކޯރޑްކޮށް ލޮގްކޮށް ބެލެހެއްޓުން. 15- ޑިއުޓީގައި ތިއްބަވާ ވަގުތުތަކުގައި މަދަރުސާން އެދިލައްވާ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރު ލެއްވުން ދެއްވާން ވާނެއެވެ. |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
|
މަޤާމުގެ ޝަރުތުތައް: |
މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ : %30
|
މަޤާމަށް މީހުން ނެގުމަށް ބަލާނެ މިންގަނޑު: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
ވަޒީފާއަށް އެދޭ ފޯމު އދ އަތޮޅު މަދަރުސާ އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 19 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، އދ އަތޮޅު މަދަރުސާ އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 22 މާރިޗު 2020 އާއި 26 މާރިޗު 2020 އާ ދެމެދު، އދ އަތޮޅު މަދަރުސާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680021 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނި admin@adhatollschool.edu.mv އަށެވެ. |
އިތުރު މަޢުލޫމާތު ސާފުކުރުމަށް: |
10 މާރިޗު 2020
15 ރަޖަބު 1441