ދިވެހިރާއްޖެ
މި ކައުންސިލްގެ 1 (އެކެއް) ނަމްބަރު ރުއްގަނޑު 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރަން ނިންމައިފީމެވެ. މި ރުއްގަނޑުގެ ރުއްތައް ހުރި ތަންތަނާއި ޢަދަދު ތިރީގައި އެވަނީއެވެ.
# |
ރުއްހުރި ތަން |
ފޯދުނު |
ނުފޯދޭ |
01 |
ޕޮލިސް ސްޓޭޝަނަށް ދޫކޮށްފައިވާ ބިމުގެ އުތުރުން ފެށިގެން އަންހެނުންގެ ޕާކާއި އެކު ބުޅާމިސްކިތް މަގާއި ދެމެދުގައި ނަންބަރު 1 ޖަހާފައިވާ ރުއްތައް |
71 |
- |
މި ރުއްގަނޑު ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް 1250/- (ބާރަސަތޭކަ ފަންސާސް) ރުފިޔާއެވެ. މި ރުއްގަނޑު ކުއްޔަށް ދޫކުރާނީ އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.
ރުއްގަނޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2020 މާރިޗް 16 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.
ވީމާ، މި ރުއްގަނޑު ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން، " ނިލަންދޫ ކައުންސިލްގެ 1 (އެކެއް) ނަމްބަރު ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 މާރިޗް 19 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.
ރުއްގަނޑު ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމުމިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.
16 ރަޖަބު 1441
11 މާރިޗް 2020