ދިވެހިރާއްޖެ
މިއީ 2020 ޖަނަވަރީ 22 ވަނަ ދުވަހުގައި ކުރި އިޢުލާން (ނަންބަރ: (IUL)428/1/2020/3) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ޓިވެޓް އޮޓޯރިޓީއިން އެކުލަވާލައިފައިވާ ދާއިރާތަކަށް ބޭނުންވާ ނޭޝަނަލް ކޮންޕިޓެންސީ ސްޓޭންޑާރޑް ތައްޔާރުކުރުމާއި މުރާޖައާ ކުރުމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2020 މާރޗް 17 ވާ އަންގާރަ ދުވަހުގެ 13:00 އަށް ޓިވެޓް އޮތޯރިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2020 މާރޗް 25 ވާ ބުދަ ދުވަހުގެ 13:00 އަށް ޓިވެޓް އޮތޯރިޓީއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މި ޢިއުލާނާއެކުގައިވާ މައުލޫމާތު ކަރުދާހުގެ އިތުރުން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އޮތޯރިޓީގެ ނަންބަރު: 3026600 / 3026611 ފޯނާއެވެ. އީމެއިލް ކުރައްވާނީ info@tvet.gov.mv އަށެވެ.