ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL/303-AS/2020/21
އިޢުލާން
ވަގުތީގޮތުން ޕާކު ބަންދުކުރުން
ކޯވިޑް-19 އާއި ގުޅިގެން އާންމު ރައްކާތެރިކަން އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އާންމު މައިދާންތައް ވަގުތީގޮތުން ބަންދުކުރުމަށް ކަމާބެހޭ ފަރާތްތަކުން ކައުންސިލަށް ވަނީ އަންގަވާފައެވެ. ވީމާ، ކައުންސިލުން ވަކިގޮތެއް އަންގަންދެން މި ޕާކު ބަންދުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި ދުވަސްވަރު ބޭރުގައި ނޫޅުމަށާއި އާންމު ތަންތަނަށް އެއްވެ ނޫޅުމަށް ދެއްވާފައިވާ ލަފަޔާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވަމެވެ.
ބަލިތަކާއި ރޯގާއިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރައްވައި، ސާފުތާހިރުކަން އިތުރުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އަދި ކަމާ ގުޅުން ހުރި އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް އަމަލުކުރުމަށް މި ފުރުސަތުގައިވެސް ނަސޭހަތްތެރިވަމެވެ.
23 ރަޖަބް 1441
18 މާރިޗް 2020