ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2020/22)
އިޢުލާން
ކުނިއުކާލުމުގެ އުސޫލަށް ބަދަލުގެނައުމާއި ގުޅޭ
ކޯވިޑް-19 އާއި ގުޅިގެން އާންމު ސާފުތާހިރުކަން އިތުރުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްޓަކައި ރަށުތެރެއިން ކުނި ނެގުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކަށްވަނީ ބައެއް ބަދަލުތައް ގެނެވިފައެވެ. އެގޮތުން ދޮރުއަށި ހުރަސްކޮށް ވަންނަންޖެހޭ ގޭގޭގެ ކުނި ހެނދުނު 8:00 (އަށެއް) ޖެހުމުގެ ކުރިން މަގުމަތި ފާރު ކައިރީގައި ބެހެއްޓުމަށާއި، މިގޮތަށް ނެރެވޭ ތަކެތީގައި މަތިޖަހާ ރައްކާތެރިކޮށްފައި ބެހެއްޓުމަށް ދަންނަވަމެވެ. އަދި ކުނި ނެގުމުގެ މަސައްކަތުގައި ބޭނުންކުރާ ޕިކަޕަށް ދަތިވާނެހެން އެއްގަމު އުޅަނދު ޕާކު ނުކުރުމަށްވެސް ދަންނަވަމެވެ. އެއީ އެގޮތަށް ހުންނަ އުޅަނދުތައް އެއްފަރާތްކުރުމަށް ކުނި ނަގަމުންދާ މުވައްޒަފުންނަށް ޖެހިއްޖެ ހާލަތެއްގައި އެ އުޅަނދެއްގައި އަތްލަންޖެހޭނެތީ އެކަން ކުޑަކުރުމަށްޓަކައިކަންވެސް މި ފުރުސަތުގައި ދަންނަވަމެވެ.
ބަލިތަކާއި ރޯގާއިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރައްވައި، ސާފުތާހިރުކަން އިތުރުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އަދި ކަމާ ގުޅުން ހުރި އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް އަމަލުކުރުމަށް މި ފުރުސަތުގައިވެސް ނަސޭހަތްތެރިވަމެވެ.
23 ރަޖަބް 1441
18 މާރިޗް 2020