ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2020/088
ނީލަން
އިޢުލާން
މިކުންފުނީގެ މި ދަންނަވާ ތަކެތި ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.
- 20 ޖަނަރޭޓަރ ސެޓް
މި ޖަނަރޭޓަރ ސެޓް ތަކުގެ ތަފްސީލް އާއި ނީލަން ފެށޭ އަގު މި އިޢުލާން އާއި އެއްއުރަ ކުރެވިފައިވާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން އެއްއުރަކުރެވިފައިވާ "ނީލަމަށް އަގު ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، އައިޑެންޓިޓީ ކާޑްގެ ކޮޕީ އާއީ އެކު 05 އޭޕްރީލް 2020 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އަށް ފޮނުވުން އެދެމެވެ.އަދި މި ނީލަން ކާމިޔާބު ކުރައްވާ ފަރާތް ތަކުން 07 އޭޕްރީލް 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފައިސާ ދަންކަންވާނެއެވެ. އަދި މި ތަކެތި ހުރި ރަށަކުން މި ތަކެއްޗާއި ހަވާލުވެ ގެންދިޔުމުގެ އިންތިޒާމް ހަމަޖައްސާނީ ނީލަން ކާބިޔާބު ކުރާ ފަރާތުންނެވެ. އަދި ނީލަން ކާމިޔާބު ކުރާތާ 20 ދުވަހުގެ ތެރޭގައި މި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
ނީލަން ހުށަހަޅާ އީ-މެއިލް: accounts@fenaka.com.mv
މި ތަކެއްޗާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 9740154 ނަންބަރު ފޯނާ ގުޅުވުން އެދެމެވެ.
29 މާރޗް 2020