ދިވެހިރާއްޖެ
ނަމްބަރު: 137-IU/PR/2020/25
މިހޮސްޕިޓަލުން އާކައިވްކުރަމުންދާ ޑޮކިއުމެންޓްސްތައް ބެހެއްޓުމަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ، މިފަދަ ޑޮކިއުމަންޓްސް ރައްކާތެރިކަމާއެކު ބެހެއްޓުމަށް 1000 އަކަފޫޓަށްވުރެ ކުޑަނޫން ގުދަނެއް 03 އަހަރު ދުވަހުގެ މުއްދަތައް، މާލެ ނުވަތަ ހުޅުމާލެއިން ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. އަދި މިގުދަނަކީ ގްރައުންޑް ފްލޯއިން ހަމަޖެހެން ހުރިތަނަކަށް ނުވާނަމަ ލިފްޓް ހުންނަތަނަކަށް ވާންޖެހޭނެއެވެ.
ވީމާ، މިފަދަ ގުދަނެއް ކުއްޔަށް ދޫކުރެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، ތަނުގެ ބޮޑުމިން އެނގޭނެގޮތަށް، ގުދަނުގެ ވެރިފަރާތުގެ އައިޑީކާޑު އަދި އިތުރު މައުލޫމާތު ބަޔާންކޮށް، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މެއިލް: estate@igmh.gov.mv
ޕްރޮޕޯސަލް ހުށަހެޅޭނެ އެންމެ ފަހު ތާރީޙް: 20 މެއި 2020 14:00 ގެ ކުރިން
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 3335201 އަށް ގުޅުއްވުން އެދެމެވެ.
13 ރަމަޟާން 1441
06 މެއި 2020