ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ އޮފީސް އިމާރާތުގައި، މި ކޯޕަރޭޝަނުން ދޭ ކުރެހުމާއި އެއްގޮތަށް ކަރަންޓު ވަޔަރިންގ އަދި ނެޓްވޯކް އެޅުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖޫން 2020 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި ކޯޕަރޭޝަންގެ އީ-މެއިލް: procurement@sdfc.mvއަށް އަންދާސީހިސާބު ފޮނުއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ރިފަރެންސްގައި "BID SUBMISSION FOR ELECTRICAL & NETWORKING" މިހެން ޖެއްސެވުމަށްފަހު އީމެއިލް ކުރެއްވުން އެދެމެވެ.
މި ބިޑާގުޅޭ މަޢުލޫމާތު ޝީޓް، ބިޑް ސަބްމިޝަން ފޯމް އިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ. އަދި މި ބިޑާގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް 9191868 ނަންބަރަށް ގުޅުއްވުން އެދެމެވެ.