ދިވެހިރާއްޖެ
ނަންބަރ:R-2020/32B
އިޢުލާން
މި ކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ކުރެވުނު R-2020/32A އިޢުލާން ނަންބަރާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ނީލަން ކިޔުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.
- އެގްޒެކެޓިވް ގޮނޑި (ބޭނުން ކުރެވޭ ހާލަތުގައި) (05)
- އޮފީސް ގޮނޑި (ބޭނުން ކުރެވޭ ހާލަތުގައި) (01)
- ޓީ.ވީ (ސޮނީ "21) (ބޭނުން ކުރެވޭ ހާލަތުގައި) (01)
- ޕޭޕަރ ޝްރެޑަރ (ބޭނުން ކުރެވޭ ހާލަތުގައި) (01)
- ޑިޖިޓަލް ކެމެރާ (ނިކޮން) (ހަލާކުވެފައި) (01)
މި ތަކެތީގެ ނީލަން ފެށޭ އަގަކީ 500.00(ފަސްސަތޭކަ) ރުފިޔާ އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 100.00 (ސަތޭކަ) ރުފިޔާ އެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 12 ޖުލައި 2020 ވާ އާދިއްތަ ދުވަހުގެ 10:30 ށް މި ކުންފުންޏަށް ވަޑައިގެން މި ތަކެތި ބެއްލެވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު އަދި އައި.ޑީ.ކާޑު ގެ ފޮޓޯ ކޮޕީއާއިއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު 13 ޖުލައި 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.
މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
މި ތަކެތި ބައްލަވައިލައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: 7772572 ފޯނާ ގުޅުއްވުން އެދެމެވެ.
01 ޖުލައި 2020