ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
32 ރަށެއްގައި އައުޓްޑޯރ ޖިމްގެ ތަކެތި މާލެއިން ރަށްރަށަށް ގެންގޮސް ސައިޓް ތައްޔާރުކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށް އެދި ރެޖިސްޓްރީ ކުރެއްވުން އެދި ދެންނެވީމެވެ. ރެޖިސްޓްރީ ކުރުމަށްޓަކައި aalim.abdul@youth.gov.mv އަދި procurement@youth.gov.mv އަށް ކުންފުނީގެ (އަމިއްލަ ފަރާތެއް ނަމަ އެ ބޭފުޅެއްގެ) ނަމާއި ބޭނުންކުރާ މެއިލް އެޑްރެސް އަކާއި އަދި ގުޅޭނެ ނަންބަރެއް ހިމެނޭގޮތަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މައުލޫމާތު ޝީޓު މެއިލްގެ ޒަރީޢާއިން ފޮނުވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ރެޖިސްޓްރީ ކުރުމުގެ ސުންގަޑި އަކީ 21 ޖުލައި 2020ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
އަންދާސީހިސާބު ހުށަހެޅުން
|
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ އަށް) |
ބުރާސްފަތި |
13 އޯގަސްޓް 2020 |
11:00 |
ކަނޑައެޅިފައިވާ ތާރީހާއި ވަގުތުގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށް ރެޖިސްޓްރީ ނުކުރައްވާ ބޭފުޅުންނަށް މައުލޫމާތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އެ ފަރާތްތަކުގެ އަންދާސީ ހިސާބުވެސް ބަލައި ނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ.