ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
29 ރަށެއްގައި އައުޓްޑޯރޖިމްގެ ތަކެތި މާލެއިން ރަށްރަށަށް ގެންގޮސް ސައިޓް ތައްޔާރުކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށް އެދި ރެޖިސްޓްރީ ކުރެއްވުން އެދި ދެންނެވީމެވެ.
ރެޖިސްޓްރީ ކުރުމަށްޓަކައި މިނިސްޓްރީގެ މެއިލް aalim.abdul@youth.gov.mv އަދި procurement@youth.gov.mv
އަށް ކުންފުނީގެ (އަމިއްލަ ފަރާތެއް ނަމަ އެ ބޭފުޅެއްގެ) ނަމާއި ބޭނުންކުރާ މެއިލް އެޑްރެސް އަކާއި އަދި ގުޅޭނެ ނަންބަރެއް ހިމެނޭގޮތަށް މެއިލް ކުރެއްވުން އެދެމެވެ.
އަދި މައުލޫމާތު ޝީޓު މެއިލްގެ ޒަރީޢާއިން ރެޖިސްޓްރީ ކުރާ ފަރާތްތަކަށް ފޮނުވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ރެޖިސްޓްރީ ކުރުމުގެ ސުންގަޑި އަކީ 23 ޖުލައި 2020ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
އަންދާސީހިސާބު ހުށަހެޅުން
|
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ އަށް) |
ހޯމަ |
17 އޯގަސްޓް 2020 |
11:00
|
ކަނޑައެޅިފައިވާ ތާރީހާއި ވަގުތުގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށް ރެޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް މައުލޫމާތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
އަދި އެ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
29 ޛުލްގައިދާ 1441