ދިވެހިރާއްޖެ
` |
|
މަތީ ތަޢުލީމުގެ ފުރުޞަތު |
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މާލެ، ދިވެހިރާއްޖެ |
އިޢުލާން |
|
ނަންބަރު: IUL)475-Schol/475/2020/112) |
ތާރީޚް: 23 ޖުލައި 2020 |
AYUSH Scholarship 2020 |
|
އިންޑިއާގެ މިނިސްޓްރީ އޮފް އަޔުޝް ގެ ފަރާތުން ހުށަހަޅާފައިވާ އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ލެވެލްގެ ޕްރޮގްރާމްތަކުގައި އަމިއްލަގޮތުން ކުރިމަތިލެވޭނެ ކަމަށް އެފަރާތުންވަނީ އަންގަވާފައިވެއެވެ. ޔުނިވަރސިޓީތަކާއި އަދި ކޯސްތަކާއިބެހޭ މަޢުލޫމާތު މި އިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑް ކުރެވިފައި ވާނެއެވެ. މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުންނާއި http://www.a2ascholarships.iccr.gov.in/ މި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި ސްކޮލަރޝިޕްއަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށައަޅުއްވާނީ http://www.a2ascholarships.iccr.gov.in/ މެދުވެރިކޮށެވެ. އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާދަރިވަރުން އޮންލައިންކޮށް ހުށަހެޅި އެޕްލިކޭޝަންގެ ކޮޕީއެއް 04 އޯގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން schol@mohe.gov.mv އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.
|