ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2020/35)
އިޢުލާން
ވަޒީފާގެ ފުރުސަތު
މަޤާމް: މަސައްކަތު
މަޤާމުގެ އަދަދު: 1
މަސައްކަތް ކުރާތަން: ކުނިކޮށި
މުސާރަ: 3300.00 ( ތިންހާސް ތިންސަތޭކަ ރުފިޔާ )
ސާރވިސް އެލަވަންސް: މުސާރައިގެ %30
ހާޒިރީ އެލަވަންސް: މުސާރައިގެ %20
މަގާމްގެ މުއްދަތު: 1 (އަހަރު) ކޮންޓްރެކްޓް ޢުސޫލުން
މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
1- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
2- ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން
3- ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން
4- ޕިކަޕްދުއްވުމުގެ ޑްރައިވިން ލައިސެންސް އޮތުން.
މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
ކުނިކޮށި މަސައްކަތު
- ކޮންމެ ދުވަހެއްގެ 8:00 އަށް ޕިކަޕަށް އެރުން
- ގޭގެއިން ނަގާ ކުނި ވަކިވަކި ޑަސްޓްބިންތަކަށް އަޅާ ކުނި ވަކިކުރުން
- ކޮންމެ ދުވަހަކު ނަގާ ކުނި އެދުވަހެއްގެ 2:30 ފަހުން އެންދުން
- ކުނިވާ ތަކެތި މޫދަން އުކާލުންފަހު އެޑަސްބިންތައް ރަގަޅަށް ސާފުކޮށް ދޮވުން
- ކުނި އަންދާ ނިމުމުން އަށިކައިރިއާއި ކޮންކްރީޓް ޝީޓްމަތި ސާފުކޮށް ކުނިކެހުން
- ހުކުރު ހޮނިހިރު ދެދުވަހު 7:15 އަށް ޕިކަޕަށް އަރާ ކުނި ނެގުމަށް ތައްޔާރުވުން
ހުށަހަޅަންޖެހޭ ތަކެތި: 1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
2- އައިޑީ ކާޑް ( ކިޔަން އެގޭ ސާފް ) ކޮޕީ
3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގް ސެޓްޕިކެޓްގެ ކޮޕީ
4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނުގެ
ތައްގަޑުޖެހި ލިޔުން.
5- އެއްގަމު އުޅަދު ދުއްވުމުގެ ޑްރައިވިން ލައިސަންސްގެ ( ކިޔަން އެގޭ ސާފް ) ކޮޕީ
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 27 އޯގަސްޓް 2020، އަންގާރަ ދުވަހުގެ 14:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.
މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 27 އޯގަސްޓް 2020 އާއި 31 އޯގަސްޓް 2020 އާއި ދެމެދު ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.
28 ޛުލްޙިއްޖާ 1441
18 އޯގަސްޓް 2020