އިޢުލާން ނަންބަރު: M8C-A/2020/9
|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް: 23 އޯގަސްޓް 2020
|
ރޭންކް: އެސް.އެސް 1
|
ހައުސްކީޕަރ (ދާއިމީ)
|
މަޤާމް
|
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1
|
1 (އެކެއް)
|
އަދަދު
|
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ މެޖިސްޓްރޭޓް ކޯޓް
|
މަސައްކަތް ކުރަންޖެހޭ ތަން
|
-/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)
|
އަސާސީ މުސާރަ
|
- ޖުޑީޝަލް އެލަވަންސް: (އަސާސީ މުސާރައިގެ %20)
- ސަރވިސް އެލަވަންސް: -/1000ރ (އެއްހާސް ރުފިޔާ)
- ލިވިންގ އެލަވަންސް: -/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
|
މަޤާމަށް ކަނޑައެޅިފައިވާ އިތުރު އެލަވަންސްތައް
|
ލިޔަންކިޔަން ދަތުން.
|
އަސާސީ ޝަރުތު
|
- ކޯޓުގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހައި ފޮޅާ ސާފުކުރުން.
- ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ އެންމެހާ ރަސްމީ ލިޔެކިއުމެއް ރައްދުކުރުން.
- ކޯޓުގެ ބޭނުމަށް އެކިފަރާތްތަކުން ކޯޓަށް ގެންނަންޖެހޭ ތަކެއްޗާއި، ގެންދަން ޖެހޭތަކެތި، ގެނައުމާއި ގެންގޮސްދިނުން.
- އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކޯޓުގައި ކުރަންޖެހޭ މަސައްކަތް ތަކާއި އަދި ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން.
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތު
|
- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
|
ހުށަހަޅަންޖެހޭ ތަކެތި
|
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2020 ސެޕްޓެމްބަރ 02 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
|
ސުންގަޑި
|
- މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައިގެންނެވެ. މިގޮތުން މި ބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: 25 ޕަސެންޓް
- ލިބިފައިވާ ތަޖުރިބާ: 20 ޕަސެންޓް
- ލިބިފައިވާ ހުނަރާއި ޤާބިލްކަން (އިންޓަރވިއު): 55 ޕަސެންޓް
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯވުމަށް ބޭލޭނެ ކަންތައްތައް
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެއެވެ.
- އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަން ވާނެއެވެ.
- ވަޒީފާއަށް އެދޭފޯމް ދ.ހުޅުދެލީ މެޖިސްޓްރެޓް ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް، www.judiciary.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހެއްކަމުގައި ވުމާއެކު ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަންބަރުގައިވާ މީހަކަށް ވެގެން ނުވާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިކޯޓުގެ ނަންބަރު 6760580 ނުވަތަ ދ.ހުޅުދެލީ މެޖިސްޓްރެޓް ކޯޓުގެ ނަންބަރު 6760512 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|