ދިވެހިރާއްޖެ
އިޢުލާން ނަންބަރު:FNK-I/IUL/2020/138
އިޢުލާން
މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.
- ފަރުނީޗަރާއި އަދި އެހެނިހެން ބައު ތަކެތި
މިތަކެތީގެ ނީލަން ފެށޭ އަގަކީ 3000.00 (ތިން ހާސް) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 300.00 (ތިންސަތޭކަ) ރުފިޔާ އެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 30 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިކުންފުންޏަށް ވަޑައިގެން މިތަކެތީގެ މަޢުލޫމާތު ސާފު ކުރުމަށްފަހު، ހުށަހަޅުއްވާ އަގު އަދި އައި.ޑީ.ކާޑުގެ ފޮޓޯކޮޕީއަކާއެކު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު 02 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 12:00އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މިތަކެތި ނީލަން ނިމޭތާ ރަސްމީ 03 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
މިތަކެއްޗާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ނަންބަރު 3018278 ފޯނާ ގުޅުއްވުން އެދެމެވެ.