ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)471-PIDS1/471/2020/39
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި:
10 ސެޕްޓެންބަރު 2020 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފް އޮފީސް އިކުޕްމަންޓް އެންޑް ފާރނީޗަރ
ސްޕެސިފިކް ޕްރޮކިއުމަންޓް ނޯޓީސް
ޕްރޮކިއުމަންޓް އޮފް އޮފިސް އިކުއިޕްމަންޓް އެންޑް ފާރނީޗަރ
MV-MONPI-153887-GO-RFB
މޯލްޑިވްސް އާރބަން ޑިވެލޮޕްމެންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް
Grant No.:IDA-D5540
- ވާރލްޑް ބޭންކްއިން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބުމަށް ހަމަޖެހިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން "އޮފީސް އިކުއިޕްމަންޓް އަދި ފަރނީޗަރ" ހޯދުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު (IUL)471-PIDS1/471/2020/20 (22 ޖުލައި 2020) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާތިލުކޮށް، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަތާތްތަކަށް ބިޑް ޑޮކިއުމަންޓް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
- މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރިކުއެސްޓް ފޮރ ބިޑް (އާރ.އެފް.ބީ) އާއި އެއްގޮތަށް ބިޑް ޑޮކިއުމަންޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިތަކެތި ކޮންޓްރެކްޓް ގައި ސޮއި ކުރާތާ 60 ދުވަހާއި 90 ދުވަހުގެ މުއްދަތުގައި ސަޕްލައިކުރަންވާނެއެވެ.
- މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އޯޕަން ނެޝަނަލް ކޮމްޕެޓެޓިވް ( އޯ.އެން.ސީ.ބީ) އުޞޫލުގެ މަތިން ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިޞްލާޙުކުރެވިފައިވާ ރެގިއުލޭޝަންއާއި އެއްގޮތަށެވެ.
ބިޑްކުރުމުގައި 1 ލޮޓަށް ނުވަތަ ދެ ލޮޓަށް ބިޑް ކުރެވިދާނެއެވެ.
- ޕްރޮޖެކްޓާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 0830 އިން 1400 އަށް ލިބިވަޑައިގަންނަވާނެވެ.
- މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ރިކުއެސްޓް ފޮރ ބިޑް (އާރ.އެފް.ބީ) މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
- ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 5000/- (ފަސްހާސް ރުފިޔާ) ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުންފެށިގެން 119 ދުވަހެވެ.
- ބީލަންހުޅުވުން އޮންނާނީ 10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ޖަލްސާކުރާމާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ރިސިލިއަންސް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ
އަމީނީ މަގު، މާފަންނު
ކ.މާލެ، 20392
އީމެއިލް: tenders@planning.gov.mv
ކޮޕީ : mudrp@planning.gov.mv
27 އޮގަސްޓް 2020
27 އޮގަސްޓް 2020