ދިވެހިރާއްޖެ
މި މިނިސްޓްރީއިން ބަލަހައްޓަމުން އަންނަ ޣާޒީ އަދި ހުރަވީ އިމާރާތުގެ ސެކިއުރިޓީ 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)471-CDS3/1/2020/122 (13 އޮގަސްޓް 2020) އިޢުލާނާއި ގުޅިގެން އަގުހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ނެތުމުގެ ސަބަބުން މިމަސައްކަތަށް އަލުން އިޢުލާން ކުރީމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީ ކުރުން
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން "ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކުގެ ހާޟިރީ" ފޯމް ފުރިހަމަކުރެއްވުމަށްފަހު 01 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން procurement@Planning.gov.mv ނުވަތަ hudha.gani@planning.gov.mv އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ.ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ. މިއިޢުލާނާއި އެކު "ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކުގެ ހާޟިރީ" ފޯމް އެޓޭޗްކުރެވިފައި ވާނެއެވެ.
ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 07 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.
ބިޑް ސެކިއުރިޓީ، ޕާފޯމަންސް ގެރެންޓީ އަދި އެޑްވާންސް ޕޭމަންޓް
މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 20,000.00ރ (ވިހި ހާސް ރުފިޔާ) ދިވެހި ރުފިޔާ ހުށަހަޅުއްވަން ވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޙުން ފެށިގެން 45 ދުވަހެވެ. މި މަސައްކަތުގެ ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 02 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ ހެނދުނު 14:00 ގެ ކުރިން procurement@planning.gov.mv ނުވަތަ hudha.gani@planning.gov.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ.