ދިވެހިރާއްޖެ
ކޮންސަލްޓަންސީ ޓު ޑިވެލޮޕް ކޯޑް ކޮމްޕްލަޔަންސް ޑޮކިއުމަންޓް ފޮރ ބިލްޑިންގް ކޯޑް
MV-MONPI-159085-CS-CQS
މޯލްޑިވްސް އާރބަން ޑިވެލޮޕްމެންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް
Grant No.:IDA-D5540
ވާރލްޑް ބޭންކްއިން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތިގައި ލިބިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން "ކޮންސަލްޓަންސީ ޓު ޑިވެލޮޕް ކޯޑް ކޮމްޕްލަޔަންސް ޑޮކިއުމަންޓް ފޮރ ބިލްޑިންގް ކޯޑް" ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ހަމަ ޖެހިފައެވެ.
މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްސަދަކީ، ބިލްޑިންގް ކޯޑުގެ ކޯޑް ކޮމްޕްލަޔަންސް ޑޮކިއުމަންޓް ޑްރާފްޓް ކުރުމާއި ރިވިއުކުރުމުވެ. މި މަސައްކަތުގެ މުއްދަތަކީ 24 މަސްދުވަހެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. މިމަސައްކަތުގެ މުއްދަތަކީ ކޮންޓްރެކްޓް ގައި ސޮއި ކުރާތާ 24 މަސް ދުވަހެވެ.
މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ރެގިއުލޭޝަންއާއި އެއްގޮތަށެވެ.
މިމަސައްކަތަށް ފަރާތެއް ހޮވުމުގައި ބޭނުން ކުރެވޭނީ ކޮންސަލްޓަންޓްސް ކޮލިފިކޭޝަން ބޭސްޑް ސިލެކްޝަން މެތަޑް (ސީ.ކިއު.އެސް) އެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް https://planning.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ސެޕްޓެމްބަރ ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ރިސިލިއަންސް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އެންވަޔަރަންމަންޓް
އަމީނީ މަގު، މާފަންނު
ކ.މާލެ، 20392
އީމެއިލް: tenders@planning.gov.mv
ކޮޕީ : mudrp@planning.gov.mv