ދިވެހިރާއްޖެ
މި އިޢުލާންވަނީ 06 ސެޕްޓެންބަރު 2020 11:55 ގައި ބާތިލް ކުރެވިފައެވެ.
މި މިނިސްޓްރީއަށް މައިކްރޯސޮފްޓް އެކްސްޗޭންޖް އޮންލައިން ލައިސަންސް ގަންނަން ބޭނުންވާތީ، ލައިސަންސް ވިއްކުމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މިނިސްޓްރީއަށް މައިކްރޯސޮފްޓް އެކްސްޗޭންޖް އޮންލައިން ލައިސަންސް ވިއްކުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިވާ މައުލޫމާތުތައް ފުރިހަމަ ކުރައްވައި މިނިސްޓްރީގެ އީމެއިލް rocurement@homeaffairs.gov.mvp އަށް ފޮނުވުމުން އަންދާސީ ހިސާބުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވުނަކަން އެންގޭނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ކުންފުނި /ފަރާތް
- އީމެއިލް އެޑްރެސް
- ފޯނު ނަންބަރ
މިކަމާ ގުޅޭ މައުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އަންދާޒީ ހިސާބު ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހުވަގުތަކީ 08 ސެޕްޓެންބަރު 2020 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
އަންދާޒީ ހިސާބު ހުށަހެޅުމާއި/ހުޅުވުން އޮންނާނީ 2020 ސެޕްޓެމްބަރ 13 ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ.