ދިވެހިރާއްޖެ
މި އިޢުލާނާއެކު އެވާ ލިޔުމުގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންގެ އިންޑަސްޓްރިއަލް ސެންޓްރިފިޔުޖަލް ބްލޯވަރެއް ފޯރުކޮށްދީ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި ދެންނެވި ސްޕެސިފިކޭޝަންގެ ބްލޯވަރު އިންސްޓޯލްކުރަން ބޭނުންވަނީ، އެ ބްރޭންޑްގެ އަދި އެ ސްޕެސިފިކޭޝަންގެ ހަލާކުވެފައިވާ ބްލޯވަރެއް މިހާރު ހަރުކޮށްފައި ހުރި ތަނުން ނެއްޓުމަށްފަހު އެ ތަނުގައެވެ.
ހަލާކުވެފައިވާ ބްލޯވަރު ހުރިތަން ބެއްލެވުމަށާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމުގެ ފުރުސަތު ހަމަޖެއްސުމަށް ޤަސްދުކުރަނީ އެއް ފަހަރާ ތިނެއް ނުވަތަ ހަތަރު ފަރާތަށްވުރެ ގިނަނުވާނެ އިންތިޒާމެއްގެ ދަށުން، އެޕޮއިންޓްމަންޓް އުސޫލުން ކަމަށްވާތީ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ލިސްޓްކޮށްފައިވާ މަޢުލޫމާތު 10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް މިކުންފުންޏަށް އީމެއިލް ކޮށް ދެއްވުން އެދެމެވެ. އީމެއިލް ފޮނުއްވާނީ ތިރީގައި އެވާ މިކުންފުނީގެ އީމެއިލް އެޑްރެހަށެވެ.
އީމެއިލް އެޑްރެސް: |
univiya.holdings@univiya.com.mv |
އީމެއިލް އިން ހުށަހަޅުއްވަންވީ މަޢުލޫމާތު:
މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތް ނުވަތަ ކުންފުނީގެ
- ނަން
- ކުރު ތަޢާރަފެއް (ތަޢާރަފްގެ ތެރޭގައި މަސައްކަތުގެ ތަޖުރިބާ ހިމެނުއްވުން އެދެމެވެ.)
- ޕޯސްޓަލް އެޑްރެސް
- އީމެއިލް
- ފޯނު ނަންބަރު
މަތީގައި ލިސްޓް ކުރެވިފައިވާ މަޢުލޫމާތު ކަނޑައެޅިފައިވާ ސުންގަޑިއަށް ހުށަހަޅުއްވާ ފަރާތްތަކަށް، ބްލޯވަރު ހުރިތަން ބެއްލެވުމަށާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމުގެ ފުރުސަތު އަދި މިއިޢުލާންގައި ބަޔާންކޮށްފައިވާ މަސައްކަތް ކޮށްދިނުމުގެ އަގު ހުށަހަޅުއްވަންވީ ސުންގަޑިއާއި މިފަދަ އިތުރު މަޢުލޫމާތު ފޯރުކޮށް ދެވެނޭއެވެ. އަދި އިސްވެ ދެންނެވި މަޢުލޫމާތު ކަނޑައެޅިފައިވާ ސުންގަޑިއަށް ހުށަނާޅުއްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮފީހުގެ ނަންބަރު 3013860 އަށް ގުޅުއްވުން އެދެމެވެ.