ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2020/39
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 17 ސެޕްޓެންބަރު 2020 14:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޑިރެކްޓަރ އޮފް އެޑިއުކޭޝަން

ވަޒީފާގެ ފުރުސަތު

 

 ނަންބަރު:IUMH-AD/I/2020/39

މަޤާމު:

ޑިރެކްޓަރ އޮފް އެޑިއުކޭޝަން

 ބޭނުންވާ ޢަދަދު : 1

މުސާރަޔާއި އިނާޔަތްތައް:

  • އަސާސީ މުސާރަ: 8,000.00 ރުފިޔާ
  • ސަރވިސް އެލަވަންސް: 10,000.00 ރުފިޔާ
  • ޑެއިލީ އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 110.00 ރުފިޔާ
  • ޕެންޝަން ކޮންޓްރިބިއުޝަން
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އިނާޔަތްތައް ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައި.ޔޫ.އެމް ހޯލްޑިންގސް ޕވޓ.ލޓޑ

މަޤާމުގެ ޝަރްޠުތައް:

އެޑިއުކޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ކުން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު ކިޔަވައިދިނުމާ ސުޕަރވިޝަން އަދި އެޑިއުކޭޝަނަލް މެނެޖްމެންޓްގެ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓު: މި މަޤާމަށް ބޭފުޅަކު އައްޔަން ކުރުމުގައި ތައުލީމީދާއިރާގެ ތަޖުރިބާއަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • އެކަޑަމިކް އަދި އެޑިއުކޭޝަނަލް ޕްރޮގްރާމްތައް ރޭވުމާއި ފަރުމާކުރުމުގައި އެކަޑަމިކް އެޑްވައިޒަރގެ ގޮތުގައި މަސައްކަތް ކޮށްދިނުން.
  • މެނެޖްމެންޓާއި އިދާރީގޮތުން އެޑިއުކޭޝަނަލް ޕްރޮގްރާމްތައް ރޭވުމާ ތަރައްގީކުރުމާ އަދި އިންތިޒާމްކޮށް ބެލެހެއްޓުން.
  • އެކަޑަމިކް އަދި އެޑިއުކޭޝަނަލް ޕްރޮގްރާމްތައް އިނިޝިއޭޓްކުރުމާއި، މެނެޖްކުރުމާއި އަދި ސުޕަރވައިޒްކުރުން.
  • އެކަޑަމިކް އަދި އެޑިއުކޭޝަނަލް ޕްރޮގްރާމްތަކައް ކޯސްތަކާއި ޕްރޮގްރާމްތަކުގެ ކަރިކިއުލާ އަދި ލާނިންގ މެޓީރިއަލް  ޑިވެލޮޕްކުރުން
  • ޒަމާނީ ލަރނިންގ ޓެކްނޮލޮޖީގެ ފުރުސަތުތައް ހޯދައި ޚިދްމަތް ކުރިއަރުވަން މަސައްކަތްކުރުން.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓާ)
  2. ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓޭ)
  3. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  5. އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާއި ގުޅޭ މައުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން އީމެއިލް ކުރައްވާނީ jobs@iumholdings.com.mv އަށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 14:00 އެވެ.

އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ހެނދުނު 08:00 އާއި މެންދުރު 14:00 އާއި ދެމެދު 9173107 އަށް ގުޅުއްވުން އެދެމެވެ.

 

10 ސެޕްޓެންބަރު 2020