ދިވެހިރާއްޖެ
އިޢުލާން
ޕްރޮގްރާމްގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ
މި އިންސްޓިޓިއުޓާއި ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން "ބޭސިކް ހޭންޑްބޯލް ރެފްރީސް ކޯސް" ފުރިހަމަކޮށްފައިވާ ފަރާތްތަކަށް "ބޭސިކް ހޭންޑްބޯލް ރެފްރީސް ރިފްރެޝަރ ޕްރޮގްރާމް"އެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ކޯހުގެ ނަން: ބޭސިކް ހޭންޑްބޯލް ރެފްރީސް ރިފްރެޝަރ ޕްރޮގްރާމް |
މުއްދަތު:2 ދުވަސް (3ގަޑިއިރު) |
ކޯސް ފެށޭ ތާރީޚް: 10 އޮކްޓޯބަރ 2020 |
ކޯހުގެ ފީ: ހިލޭ |
ކޯސް ހިންގާނެ ތަން: ވާރޗުއަލް (ޒޫމް) |
ޖާގަ: 50 |
ކޯހުގެ ޝަރުތު ހ. ބޭސިކް ހޭންޑްބޯލް ރެފްރީސް ކޯސް ފުރިހަމަކޮށްފައިވާ ފަރާތަކަށްވުން ށ. އުމުރުން 16 އަހަރު ވެފައިވުމާއިއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް 6)، ފުރިހަމަކޮށްފައިވުން އަދި ބޭސިކް އިނގިރޭސި ބަހުން މުއާމަލާތްކުރަން އެނގުން |
ފޯމް ލިބެން ހުންނާނެތަން: www.youth.gov.mv ވެބްސައިޓުން / https://bit.ly/35XTun1 |
ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި: - އައިޑީކާޑުގެ ދެފުށުގެ ކޮޕީ - ބޭސިކް ހޭންޑްބޯލް ރެފްރީސް ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް |
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް: 29 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. |
ނޯޓް: އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަންބަރު 3326986 އަށް ގުޅުއްވުން އެދެމެވެ. |