ދިވެހިރާއްޖެ
މިކުންފުނީގެ ތިލަފުށީ ބޯޓު ޔާޑުގައި އެހެލާފައިހުރި ކާގޯ ދޯނި ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ނީލަމުގައި ބައިވެރިވުމަށް ދަންނަވަމެވެ.
- މުދަލުގެ ތަފްޞީލް:
ނީލަންނަންބަރު |
ތަފްސީލް |
އަދަދު |
ނީލަން ފެށޭ އަގު (ރ) |
PD-AUC/2020/01 |
MPL CARGO (LENGTH: 28.960 M, BREADTH: 9.6 M, DEPT: 3.650M, CUBIC METER:250.090, GROSS TONNAGE: 62.010, HULL TYPE: WOOD, 95 FEET) Dhoni with Engine
DHOOSAN V158TIH DIESEL ENGINE (480 HORSEPOWER) |
01 |
1,000,000 |
2.ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:
މުދާ ބެލުން : 30 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 16:30 ގައި އެމްޕީއެލް ތިލަފުށީ ވެސެލް ރިޕެއަރ ޔާޑުގައި
- މުދާ ބެލުމަށް ނަން ނޯޓް ކުރުން: މުދާ ބެއްލެވުމަށް ވަޑައިގަތުމުގެ 05 ގަޑިއިރު ( 30 ސެޕްޓެމްބަރ 2020 ، 11:30) ކުރިން ނީލަން މުދާބެލުމަށް އެދޭ ފޯމު https://rb.gy/ptenesފުރިހަމަކުރައްވަން ވާނެއެވެ.
3. ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 01 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ރަޖިސްޓްރީ ވުމަށް ފޯމު ފުރިހަމަކުރާ ފަރާތްތަކަށެވެ.
4.ނީލަން ކިޔުން: 3 އޮކްޓޯބަރ 2020 ވާ ހޮނިހިރު ދުވަހު 14:00 ގައި
5..ނީލަން ކިއުން އޮންނަ ތަން: އެމް.ޕީ.އެލް، ހެޑް އޮފީހުގެ ބަނދަރު މާލަމު ގައި.
ސަމާލުކަމަށްޓަކައި :
- މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ( 27 ޖޫން 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv) ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު އަދި ނީލަމުގައި ރަޖިސްޓަވުމަށް އެދޭ ފޯމް ފެނިލައްވާނެއެވެ.
- ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކެވެ.
ނީލަމާއިބެހޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ނަމްބަރު: 3039255، އީމެއިލް: tender@port.mv އަދި ވެބްސައިޓް(www.port.mv) އިން ލިބިވަޑައިގަންނަވާނެއެވެ.