ދިވެހިރާއްޖެ
މިއިދާރާގެ ނަމްބަރ (IUL)248-CAFA/248/2020/92 ( 10 ސެޕްޓެމްބަރ 2020 ) ގެ އިއުލާނާއި (IUL)248-CAFA/248/2020/95 ( 15 ސެޕްޓެމްބަރ 2020 ) ގެ އިއުލާނާއި ގައިވާ ބާތަކެތީގެ ނީލަމަށް އެއްވެސް ފަރާތަކަށް ހާޒިރުވެފައި ނުވާތީ އެތަކެތީގެ ނީލަން ކިއުން 24 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9.00 ގައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ.
މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ.
ނީލަމުން ނަންގަވާ ތެކެތީގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ. ނީލަމަށް ވަޑައިގަންނަވާ ފަރާތްތަކުން ވަޑައިގަންނަވާނީ މިއިދާރާގެ ކައިރިއަށެވެ.
ނީލަމުން ނަންގަވާ ތަކެތި ނީލަން ނިމޭތާ 05 ގަޑިއިރު ތެރޭގައި ގެންދަވަން ވާނެއެވެ. 05ގަޑިއިރު ތެރޭގައި ނުގެންދަވާ ތަކެތި ބޭނުންނެތީކަމުގައި ބަލައި، އުކައިލުން ނުވަތަ ބޭނުންވާ ފަރާތްތަކަށް ދޫކޮށްލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.