ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: RDC-IUL/PROC/2020-42
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެބޭނުމަށް ގަންނަން ބޭނުންވާ ތަކެއްޗަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުން
މި ކޯޕަރޭޝަންގެ ނަންބަރު: RDC-IUL/PROC/2020-39 އިޢުލާން އާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ތަކުގެ އަގުތައް ބޮޑު ކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މި ކޯޕަރޭޝަންގެ ހެވީ ވެހިކަލް (ބޮބްކެޓް ލޯޑަރ) މަރާމާތުކުރުމަށްޓަކައި ބައެއް ސްޕެއަރ ޕާރޓްސް ގަންނަން ބޭނުންވެއެވެ. ގަންނަން ބޭނުންވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.
QTY REQUIRED |
UNIT |
ITEM DESCRIPTION |
# |
6 (3 sets of 2) |
Nos |
Rubber Truck (320x86x52) 12IN C-Pattern, Factory Option
Additional Details: Vehicle: Skid Truck Loader Brand: Bobcat Model Number: T650 Serial Number: A3P020186 Part Number: 6680149
|
1 |
މި ބިޑް އެވޯޑް ކުރުމުގައި ބަލާނެ ކަންތައްތައް (މާރކިންގް ކްރައިޓީރިއާ) :
1- ހުށަހަޅާ އަގަށް: 80
2- ޑެލިވަރީ މުއްދަތު: 20
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ބިޑް ސަބްމިޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.
2- ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.*
މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައި ވާނެއެވެ. ލިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
* މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން*" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.
ވީމާ، މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 30 ސެޕްޓެމްބަރ 2020 (ބުދަ) ދުވަހުގެ 10:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 9912020
މެއިލް : procurement@rdc.com.mv