ދިވެހިރާއްޖެ
އަމިއްލަ ޚަރަދުގައި ސްރީލަންކާގެ ޖެނެރަލް ސަރ ޖޯން ކޮޓެލަވާލާ ޑިފެންސް ޔުނިވަރސިޓީގައި ކިޔެވުމުގެ ފުރުޞަތު |
ސްރީލަންކާގެ ކޮޓެލަވާލާ ޑިފެންސް ޔުނިވަރސިޓީގައި ހިންގާ ބެޗްލަރސް ޑިގްރީ ޕްރޮގްރާމްތަކުގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެފަރާތުން ވަނީ އަންގަވާފައެވެ. ވީމާ، މި ކޯސްތަކުގައި އަމިއްލަގޮތުން ބައިވެރިވުމަށް ޝައުޤްވެރިވާ ފަރާތްތަކަށް، މި ކޯސްތަކާއިބެހޭ މަޢުލޫމާތު ކޮޓެލަވާލާ ޑިފެންސް ޔުނިވަރސިޓީގެ ވެބްސައިޓް www.kdu.ac.lk އިން ލިބޭނެއެވެ. އަދި މި ފުރުޞަތުގެ ޑެޑްލައިނަކީ 28 އޮކްޓޯބަރ 2020 އެވެ. މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.
|