ދިވެހިރާއްޖެ
އެމްޓީސީސީގެ އަތޮޅުތެރޭގެ ފެރީ ނިޒާމްގައި ޒޯން 1 ގެ ހއ. އަދި ހދ. އަތޮޅަށް އަމިއްލަ އުޅަނދު އަދި ޚަރަދުގައި 02 އަހަރު ދުވަހުގެ މުއްދަތަށް ފެރީ ޚިދްމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ޚިދުމަތް ފޯރުކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މައުލޫމާތު ސާފުކުރުން |
07 އޮކްޓޯބަރ 2020 |
ބުދަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
14 އޮކްޓޯބަރ 2020 |
ބުދަ |
11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.